
ބ. ތުޅާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީގައި އެރަށު ސްކޫލުގައި އައުޓް ޑޯ ރީޑިން ޕާކެއް ގާއިމުކޮށްދޭން ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.
ތުޅާދޫ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ، ތުޅާދޫ ސްކޫލުގައި ރީޑިން ޕާކް ހަދަން ޝަޢުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މި މަހުގެ 24ގެ ކުރިން ބީލަން ރަޖިސްޓްރީކޮށް، 25 ވަނަ ދުވަހުގެ ކުރިން މައުލުމާތު ސާފުކޮށް، 30 ދުވަހުގެ 10:15 އަށް ބީލަން ހުށަހެޅަން ޖެހެއެވެ.
ތުޅާދޫ ސްކޫލުގައި ރީޑިން ޕާކު ތަރައްޤީ ކުރަނީ ފަސޭހައިން ފޮތް ކިޔަން ކުދިންނަށް ތިބެވޭނެ ގޮތަށެވެ.
ތުޅާދޫ ސްކޫލުގައި 400 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.