
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ހުޅުމާލެ، އިންޑޯ ސްވިމިންގ ޕޫލްގައި ކުރިޔަށް ގެންދިޔަ 7 ވަނަ އިންޓަރ ސްކޫލް ސްވިމިންގ ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
6 ދުވަހަށް ކުރިޔަށްދިޔަ މި ފެސްތިވަލް ގައި 23 ސްކޫލަކުން ހުނަރުވެރި 485 ފެތުންތެރިން އެ ދަރިވަރުންގެ ފެތުމުގެ ހުނަރު ދައްކާލުމަށް ބައިވެރިވެފައިވެ އެވެ.
އުމުރުން 6 އަހަރާއި 10 އަހަރުގެ އުމުރުފުރާގެ ބައިވެރިން ވާދަކުރީ ފްރީސްޓައިލް، ފްލައި، ބެކްސްޓޯރޯކް ، ބްރެސްޓްސްޓްރޯކް އަދި އިންޑިވިޖުއަލް މެޑްލީ ރޭސް ފަދަ ތަފާތު އިވެންޓްތަކުގަ އެވެ.

މި ފެސްޓިވަލްގެ މަގުސަދަކީ ކުޅިވަރުގައި ޒުވާނުންގެ ކުރިއެރުން ފާހަގަކޮށް، ޒުވާން އެތުލީޓުންނަށް ކުޅިވަރުގެ ފުރިހަމަ ގާބިލްކަން ހާސިލް ކުރުމަށް ބާރުއެޅުމެވެ.
މި ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާ ވަނަވަނަ ހާސިލްކުރި ދަރިވަރުންނަށް ވަނީ މެޑަލް ހާވާލުކޮށްފައެވެ.