އުރީދޫ 5ޖީ ޖައްސާލައިގެން އޮކިއުލަސް ކުއެސްޓް 3 ހޯދުމުގެ ފުރުސަތު!

5ޖީގެ ސްޕީޑް ތަޖުރިބާކޮށް ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން އޮކިއުލަސް ކުއެސްޓް 3 ކާމިޔާބު ކުރުމުގެ ފުރުސަތު ލިބޭ މުބާރާތެއް އިއުލާނުކޮށްފިއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އުރީދޫ 5ޖީ ލިބޭ ސަރަހައްދަކުން ސްޕީޑް ޓެސްޓެއް ހަދައި، ސްޕީޑް ޓެސްޓުގެ ނަތީޖާގެ ސްކްރީންޝޮޓެއް ނަގާށެވެ. އެއަށްފަހު ފޭސްބުކް، އިންސްޓަގްރާމް ނުވަތަ ޓްވިޓާ އަށް ޕޯސްޓު ކޮށްލާށެވެ. އަދި ޕޯސްޓު ކުރާއިރު ހޭޝްޓެގް#5Gjassaalaa  ބޭނުންކޮށް@ooredoomaldives  ޓެގް ކޮށްލާށެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 19 އޮކްޓޯބަރ 2024 ގެ ނިޔަލަށެވެ.

މި މުބާރާތުގައި ބައިވެރިވުމުން އުރީދޫ 5ޖީގެ ސްޕީޑް ތަޖުރިބާކުރުމުގެ އިތުރުން އޮކިއުލަސް ކުއެސްޓް 3 އެއް ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ނަސީބުވެރިޔާ ހޮވާނީ ރެންޑަމް ޑްރޯއަކުންނެވެ.

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ 60 އިންސައްތައަށް 5ޖީ ލިބޭ ގޮތަށް ވަނީ ފުޅާކޮށްފައެވެ.

އުރީދޫން ބުނިގޮތުގައި އަބަދުވެސް މަސައްކަތްކުރަމުން މިދަނީ ޓެކްނޮލޮޖީއާއި އެންމެ ފަހުގެ ވަސީލަތްތަކާއެކު ރާއްޖޭގެ ރައްޔިތުން ގުޅާލުމަށެވެ.

“އަޅުގަނޑުމެންގެ 5ޖީ ނެޓްވޯކުން ރާއްޖޭގެ 60 އިންސައްތަ މިހާރު ކަވަރުކުރެވިފައި އޮތުމުން، ހަލުވި ސްޕީޑްގެ އިންޓަނެޓް، ކުރިއަށްވުރެ ބޮޑަށް އަޅުގަނޑުމެން މިދަނީ ފޯރުކޮށްދެމުން. މިއަދު އުރީދޫ 5ޖީ ތަޖުރިބާ ކޮށްލާ މި ކާމިޔާބީ ފާހަގަކުރުމުގައި އަޅުގަނޑުމެންނާ ބައިވެރިވާށެވެ”.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.