ނަޔާ ފެރީ ސާވިސްގެ ދަތުރުތައް އޭދަފުއްޓަށް

ރ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި ފެރީގެ ޚިދުމަތް ދެމުން އަންނަ ނަޔާ ފެރީ ސާވިސް އިން މާލެ އާއި އޭދަފުއްޓާ ދެމެދު ފެރީގެ ހިދުމަތް މިއަދު ފަށައިފި އެވެ.

ނަޔާ ފެރީ ސާވިސް އިން ބުނީ ހަފްތާގެ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ސީދާ އޭދަފުށިން މާލެ އަށް އަދި މާލެއިން އޭދަފުއްޓަށް ފެރީ ދަތުރު ކުރާނެ ކަމަށެވެ.

މި ދަތުރުތައް ކުރާއިރު މާލެއިން ފުރާނީ ކޮންމެ ދުވަހަކު މެންދުރު 12:30 ގައެވެ. އަދި އޭދަފުށިން ފުރަނީ ހެނދުނު 7:30 ގަ އެވެ.

ޓިކެޓް ވިއްކަނީ ކޮޅަކަށް 500 ރުފިޔާ އަށެވެ. މީގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ މި ލޯންޗުން ދަތުރު ކުރެވޭނެ އެވެ.

ނަޔާ ފެރީން ޓިކެޓް ހޯދުމަށް ގުޅާނީ 9888117، 9828295، 995559 އަދި 7959925 ނަންބަރު ފޯނަށެވެ.

ނަޔާ ފެރީ ސާވިސް އިން އޭދަފުއްޓާ މާލެއާ ދެމެދު ފެރީ ދަތުރުތައް ފެށިއިރު، ޔޫސުފް ސްޕީޑް މިރަށާ މާލެއާ ދެމެދު ފެރީގެ ހިދުމަތްދޭތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. ޔޫސުފް ސްޕީޑުން ޓިކެޓް ވިއްކަނީ ކޮޅަކަށް 600ރ އަށެވެ.

އޭދަފުށީގެ އިތުރުން މިއަތޮޅުގެ އުތުރު ބިތުގެ ބައެއް ރަށްތަކާއި ރ. އަތޮޅަށް ވެސް ނަޔާ ފެރީ ސާވިސްގެ ދަތުރުތައް ދަނީ ބާއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.