ކަމަދޫގައި ވޯޓަރ ޕާކެއް ތަރައްޤީކުރަނީ

ބ. ކަމަދޫގެ ބީޗް ސަރައްދުގެ ފޮޓޯއެއް – ފޮޓޯ/ބްކިންގްސް ޑިޓްކޮމް- ހުދުވެލި ކަމަދޫ

ބ. ކަމަދޫގައި ވޯޓަރ ޕާކެއް ތަރައްޤީކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވި ގޮތުގައި، މި ވޯޓަރ ޕާކް ތަރައްޤީކުރާނީ އެރަށުގައި ދިވެހިންނަށް ޚާއްޞަކުރެވިފައިވާ ބީޗު ސަރަޙައްދުގައެވެ. މި މަޝްރޫޢުގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) ހަދައިދޭނެ ފަރާތެއް ހޯދުމަށް މިހާރުވަނީ އިޢުލާންކޮށްފައެވެ.

“ކަމަދޫއަކީ ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެފައިވާ ރަށެއް. އެހެންކަމުން މި ބީޗަކީ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްހަމަޖެހުން ގެނުވާނެ ތަނަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރަން,” ޒަރީރު ވިދާޅުވިއެވެ.

ވޯޓަރ ޕާކުގައި ހިމެނޭނެ މައިގަނޑު ވަސީލަތްތަކުގެ ތެރޭގައި ތަފާތު ބާވަތްތަކުގެ ސްލައިޑުތަކާއި، އިތުރު ކުޅިވަރު ކުޅެވޭނެ ސަރަޙައްދުތައް ހިމެނެއެވެ. މީގެ އިތުރުން، ޒިޔާރަތްކުރާ މެހެމާނުންނަށް ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރިތަކެއްވެސް ޤާއިމުކުރެވޭނެއެވެ.

ބ. ކަމަދޫގެ އޭރިއަލް ފޮޓޯއެއް – ފޮޓޯ/ބްކިންގްސް ޑިޓްކޮމް- ހުދުވެލި ކަމަދޫ

ޒަރީރު އިތުރަށް ވިދާޅުވި ގޮތުގައި، ދުވަހު ކުއްޔަށް ކޮޓަރި ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދެވޭނީ މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުންނެވެ.

މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ޒަރީރު ވިދާޅުވީ، ވޯޓަރ ޕާކްއަށް ބޭނުންވާ ސާމާނު ހޯދުމަށް ކޮންޓްރެކްޓަރަކާ މިހާރު ހަވާލުކޮށްފައިވާ ކަމަށާއި 40 ދުވަހުގެ ތެރޭގައި އެ ތަކެތި ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

“އަޅުގަނޑުމެން އަމާޒުކުރަނީ އެހާތަނަށް އީ.އައި.އޭގެ މަސައްކަތްތައް ނިންމާލެވޭތޯ.”

މި މަޝްރޫޢުއަށް ބޭނުންވާ ފައިސާ ހަމަޖައްސާފައިވަނީ ކައުންސިލްގެ ބަޖެޓުންނާއި ބައެއް އަމިއްލަ ފަރާތްތަކުން ލިބިފައިވާ އެހީތަކާ އެކުގައިކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.

މި ވޯޓަރ ޕާކުގެ މަޝްރޫޢު ނިމުމުން، ކަމަދޫގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.