
އުރީދޫ މޯލްޑިވްސްއިން ފާހަގަކުރާ ކަސްޓަމަރުންގެ ދުވަހުގައި ސީނިއަރ މެނޭޖްމަންޓާއި އެގްޒެކެޓިވްސްއިން ކަސްޓަމަރުންނާއި ޕާޓްނަރުންނާ ބައްދަލުކުރުމަށް ނިކުމެއްޖެއެވެ.
އުރީދޫ މޯލްޑިވްސްގެ ސީނިއަރ މެނޭޖްމަންޓާއި އެގްޒެކެޓިވްސްއިން ކަސްޓަމަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހު ވަނީ ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
އުރީދޫގެ އަގުހުރި ކަސްޓަމަރުންގެ ބޭނުންތަކާއި ކަންބޮޑުވުންތައް އިތުރަށް ރަނގަޅަށް ދެނެގަތުމަށްޓަކައި، ކަސްޓަމަރ ސާވިސް ސެންޓަރުތަކަށާއި ބިޒްނަސް ޕާޓްނަރުންގެ ފިހާރަތަކަށާއި އެކި ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށް މި ދުވަސް ފާހަގަކުރިއެވެ.
ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް އުރީދޫއިން ކުރާ މަސައްކަތުގެ ތެރެއިން، ސީއީއޯ ޚާލިދު އަލް ޚަމާދީ ވަނީ ސޯޝަލް މީޑިއާގައި ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބުދީ، ހޭންޑްސް-އޮން ސޮލިއުޝަންތައް ހުށަހަޅައި، ބޭނުންކުރާ ފަރާތްތަކުގެ އަގުހުރި ފީޑްބެކްތައް އަޑުއަހާފައެވެ.

މުޅި ދުވަހުގެ އެކި ވަގުތުތަކުގައި އުރީދޫގެ ސީނިއަރ މެނޭޖްމަންޓާއި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ހިމެނޭގޮތަށް ގިނަ ތަންތަނަށް ޒިޔާރަތްކޮށް، ކަސްޓަމަރުންނާ އަމިއްލައަށް ބައްދަލުކޮށް، އެ މީހުންގެ އަޑު ސީދާ ކުންފުނީގެ ނިންމުންތައް ނިންމާ ފަރާތްތަކަށް އިވޭކަން ކަށަވަރުކުރިއެވެ. އެގޮތުން ފީޑްބެކް އަޑުއަހައި، ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދީ، އުރީދޫގެ ބިޒްނަސް ޕާޓްނަރުންނާ ގުޅިގެން ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރެވޭނެ އައު ގޮތްތައް ދެނެގަތެވެ.
އުރީދޫގެ ކަސްޓަމަރ ޑޭ އިނީޝިއޭޓިވްގެ ސަބަބުން ކަސްޓަމަރުންނާއި ޕާޓްނަރުންނާ އެކު ގާތް ގުޅުމެއް ބާއްވަން އެ ކުންފުނިން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށްދެއެވެ. ކަސްޓަމަރުންގެ ކަންބޮޑުވުންތައް އަޑުއަހައި، ފްރަންޓްލައިންއިން ސީދާ މަޢުލޫމާތު އެއްކޮށްގެން، އުރީދޫގެ އަމާޒަކީ އެ ކުންފުނީގެ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުކޮށް، މުޖުތަމަޢުގެ ކުރިއަރަމުން އަންނަ ބޭނުންތައް ފުއްދައިދޭ އިނޮވޭޓިވް ސޮލިއުޝަންތައް ފޯރުކޮށްދިނުމެވެ.

