އުރީދޫގެ “ފަން ރަން” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އުރީދޫން އަންނަމަހުގެ 30 ގައި ބާއްވާ ފޯރިގަދަ މެރަތަން “ފަން ރަން” ގައި ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ފަން ރަންގައި އުމުރުން ހަ އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ. ގިނަ ހަރަކާތްތަކަކާ އެކު ބާއްވާ އެ މެރަތަންގައި http://ore.do/funrun2024 މި ލިންކް މެދުވެރިކޮށް އަންނަ ނޮވެމްބަރު މަހުގެ 16 ގެ ނިޔަލަށް ރަޖިސްޓަރީ ވެވޭނެ އެވެ.

އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަޖާ މި ހަރަކާތްތަކުގައި 5000 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.

“ފަން ރަން” އަކީ އަލަށް ދުވާ މީހުންނަށް ވެސް ބައިވެރިވެވޭނެ ފަސް ކިލޯމީޓަރުގެ ކުރު ދުވުމެކެވެ. އެ ރަންގެ ކިޓުތައް ވިއްކަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ.އެއީ ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭ 100ރ. އަށް ވިއްކާ ސްޓޭންޑަޑް ކިޓާއި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑު އަދި ފޮތި ދަބަހެއްގެ އިތުރުން އައިނާއި ބަންޑާނާ ހިމެނޭ 210ރ. ގެ ފަން ކިޓެވެ.

އުރީދޫން ބުނިގޮތުގައި “ފަން ރަން” ގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އެ ދުވުމުގެ ކޮންމެ ކިލޯމީޓަރެއް ނިމުމުން، ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.

އެއީ ވަކި ވަގުތެއްގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ އާއި ދުވަމުން ނުވަތަ ނަށަމުން ވެސް ދުވުން ނިންމި ދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.