ބ. އަތޮޅުގެ ޖުޑީޝަލް ދާއިރާގެ އިސްވެރިންގެ ބައްދަލުމެއް ބ. އޭދަފުށީގައި ބާއްވައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި ބޭއްވި މި ބައްދަލުވުމުގައި ބ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންނާއި އެޑްމިނިސްޓްރޭޓަރުންނާއި ލީގަލް އޮފިސަރުންގެ އިތުރުން ޕޮލިސް އައިއޯ އިންނާއި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ އިސްވެރިން ބައިވެރިވިއެވެ.
ޑީޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްތްރޭޝަނުން ބުނިގޮތުގައި މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމާއި ޤާނޫނު ތަންފީޒު ކުރުމުގައި ބ. އަތޮޅުގައި ދިމާވާ ދަތިތަކާއި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ މަޝްވަރާކުރުމެވެ.