ކިހާދޫ ސްކޫލުގެ ޑިނާ ނައިޓުން މިއަހަރުވެސް ތިންލައްކައަށްވުރެ ގިނަ ރުފިޔާ

ސްކޫލްގެ ހަރަކާތްތައް ހިންގުމަށާއި ބޭނުންވާތަކެއްޗާއި ވަސީލަތްތައް ހޯދުމަށް މަގުފަހި ކުރުމުގެ ގޮތުން ކިހާދޫ ސްކޫލްގެ ޕީޓީއޭގެ ފަރާތުން މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ސްކޫލްގައި ބޭއްވި ޑިނާ ނައިޓުން މިއަހަރުވެސް ތިންލައްކައަށްވުރެ ގިނަ ރުފިޔާ ހަދައިފި އެވެ.

ކިހާދޫ ސްކޫލުން ބުނީ “ދިވެހި ސުފުރާ” ގެ ނަމުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ޑިނާ ނައިޓުން 320،000 ރުފިޔާ ލިބިފައިވާ ކަމަށެވެ.

ކިހާދޫ ސްކޫލުގެ ޑިނާ ނައިޓުން ލިބޭ ފައިސާ ޚަރަދުކުރަނީ މިހާރުވެސް އަމަލުކުރާ ފަދައިން ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު މަތިކުރުމަށާއި ސްކޫލްގެ ވަސީލަތްތައް ތަރައްޤީ ކުރުމަށެވެ.

ދިވެހި ސުފުރާއަކީ ކިހާދޫގައި ކޮންމެ އަހަރަކު ވެސް އީދެއްގެ ގޮތުގައި އެރަށުގައި ބާއްވާ ބޮޑު ހަރަކާތެކެވެ. އަދި މިއީ ޕީޓީއޭއަށް ފައިސާ ހޯދުމަށް ޓިކެޓް ވިއްކައިގެން ކުރިއަށްގެންދާ މި ހަރަކާތުގައި ބެލެނިވެރިން ދުރާލާ ތައްޔާރުވެ، ގިނަ އަދަދެއްގެ ދިވެހި ކާބޯތަކެތި ތައްޔާރުކުރެއެވެ. އަދި އެރަށުގެ ރައްޔިތުން ކަހަލަ ގޮތަކަށް މިކަމުގައި ބައިވެރިވެއެވެ. ކުރީ އަހަރުތަކާ ޚިލާފަށް މި އަހަރުގެ ހަރަކާތުގައި އިސްރަށްވެހިންނާއި އެ ސްކޫލުގެ ދަރިވަރުންވެސް ވަނީ ބައިވެރިވެފައިވެފަ އެވެ.

އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު ތައްޔާރުކުރި “މަލާފަތް” 8،100 ރުފިޔާއަށް ނީލަން ކިޔާފައިވާއިރު، މި މަލާފަތް ގަތީ އިބްރާހިމް ޔޫސުފެވެ. މަލާފަތުގައި ހިމެނެނީ ދިހަ މީހުންގެ ކެއުމެވެ.

“ދިވެހި ސުފުރާ”ގެ ހަރަކާތުގައި ބައިވެރިވުމަށް އެރަށާއި ކައިރި ރަށްތަކަށާއި ރިސޯޓްތަކަށް ދަޢުވަތު ދިނެވެ.

ބައިވެރިވާ ކޮންމެ މީހަކަށް 90 ރުފިޔާއަށް ޓިކެޓް ވިއްކި ނަމަވެސް، ޚާއްޞަ ޓިކެޓް ވިއްކީ 500 ރުފިޔާއަށެވެ. 1،025 ޓިކެޓް ވިކުނު އިރު، އޭގެ ތެރޭގައި ގޯލްޑަން ޓިކެޓުގެ ގޮތުގައި ވިކުނު 15 ޓިކެޓް ވެސް ހިމެނެއެވެ. ޚާއްޞަ މަލާފަތުގައި ބައިވެރިވި 10 މީހުންނާއެކު ޖުމުލަ 1،035 މީހުން އެ ސުފުރާގައި ބައިވެރިވިއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.