އޭދަފުށިން ގޯތިލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފި

ބ. އޭދަފުށީ ހިއްކި ބިމުން ދިރިއުޅުމަށް ދޫކުރާ 183 ގޯއްޗައް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް މިއަދު އާންމުކޮށްފި އެވެ.

މާފުށީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެ ފުރުސަތު މި މަހު 31 ގެ ނިޔަލަށް އޮންނާނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

އޭދަފުށީ ހިއްކި ބިމުން ދޫކުރަން ނިންމާފައިވަނީ 1200 އަކަފޫޓްގެ 183 ގޯއްޗެވެ. ނަމަވެސް ގޯއްޗަށް އެދި ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 533 މީހަކު ވަނީ ކުރިމަތި ލައިފަ އެވެ.

އެތައް އަހަރުތަކަކަށް ފަހު އޭދަފުށިން ގޯތި ދޫކުރަން ނިންމައި، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މާޗު މަހު އެވެ. ގޯތިތައް ދޫކުރަނީ ރަށުގެ ފުޓްބޯޅަ ސްޓޭޑިއަމާ ދިމާ އިރުމަތީ ފަރާތުން ހިއްކާފައިވާ ސަރަހައްދުން 100 ގޯއްޗާއި، އިރު ދެކުނު ކުނި ކޮށި ސަރަހައްދުން 83 ގޯއްޗެވެ.

ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމު ކުރާނީ ވަގުތީ ލިސްޓަށް ހުށަހަޅާ ޝަކުވާތަކާ ގުޅިގެން ނުވަތަ ސާފު ކުރެވޭ އިތުރު މައުލޫމާތާއި ލިސްޓަށް ގެންނަން ޖެހޭ އުނިއިތުރެއްވާ ނަމަ، އެ އުނިއިތުރެއް ގެނައުމަށް ފަހު އެވެ.

އޭދަފުށިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފައި ވާއިރު، މިރަށުގައި 1000 ހައުސިން ޔުނިޓް އެޅުމަށްވެސް ބަޔަކާ ހަވާލުކޮށްފަ އެވެ.

އޭދަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ 183 ގޯއްޗައް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.