މި މަހު ބީއެމްއެލް ކާޑުން ވިޔަފާރިކޮށްގެން އެއްލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު

ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުން ވިޔަފާރިކޮށްގެން 100،000ރ. ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި ކްރެޑިޓް އަދި ޑެބިޓް ކާޑުން، 200ރ. އަށް ވުރެ މަތިން ވިޔަފާރިކުރުމުން ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަން ނިމުމުން 100،000ރ. ގެ ބޮޑު އިނާމު ދޭން ނިންމާފައި ވާއިރު ކޮންމެ ދުވަހަކު ގުރުއަތުން ފަސް ނަސީބުވެރިޔަކު ހޮވައި ކޮންމެ މީހަކަށް 1،000ރ. ވެސް ދޭނެ އެވެ. ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ކަސްޓަމަރުންގެ ތަފްސީލު ބީއެމްއެލްގެ ވެބްސައިޓުގައި ޝާއިއުކޮށް، އެ ކަސްޓަމަރުންނަށް އަންގާނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ ނިޔަލަށެވެ.

ބީއެމްއެލް އަކީ 8،000 އަށް ވުރެ ގިނަ މާޗެންޓުންނާ އެކު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ބީއެމްއެލް ކާޑު ބޭނުންކުރެވެ އެވެ.

ބީއެމްއެލް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބެ އެވެ. އޭގެ ތެރޭގައި އެ ބޭންކުގެ ޕާޓްނާ މާޗެންޓުންގެ އެކި ޑިސްކައުންޓްތަކާއި އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކްރެޑިޓް ކާޑު މެންބަރުންނަށް ލިބޭ އީޒީޕޭ އިންސްޓޯލްމެންޓް ހިމެނެ އެވެ. އަދި ކްރެޑިޓް ކާޑުތަކުން ކުރާ ވިޔަފާރިތަކަށް ރިވާޑް ޕޮއިންޓް ލިބުން ފަދަ އެކި ބެނެފިޓްތައް ބީއެމްއެލްގެ ކްރެޑިޓް ކާޑް ހޯލްޑަރުންނަށް ލިބެ އެވެ.

ބީއެމްއެލް ރިވާޑްސް ޕޮއިންޓް ބޭނުންކޮށްގެން އެއާލައިނުން ޓިކެޓު ނެގުމާއި ހޮޓެލް ބުކް ކުރުމާއި ކާރު ކުއްޔަށް ނެގުމާއި މަޝްހޫރު ބްރޭންޑްތަކުގެ ގިފްޓްކާޑާއި ރާއްޖޭގެ ބައެއް ވިޔަފާރިތަކުގެ ވައުޗާ ވެސް ހޯދޭނެ އެވެ.

ބީއެމްއެލްގެ މޮބައިލް ބޭންކިން އާއި އެޕް އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކަސްޓަމަރުންނަށް އެ ބެންކުގެ ކާޑަށް އެދި ހުށަހެޅޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.