
ޑިޖިޓަލް ވޮލެޓް ޕްލެޓްފޯމް އެމް-ފައިސާ އިން 2 މަސް ދުވަހުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަނާއެކު އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް މެޓަ ކުއެސްޓް 3 ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.
އުރީދޫން ބުނީ ޔުޓިލިޓީ ބިލް ދެއްކުމާއި މާޗަންޓް ޓްރާންސެކްޝަންތަކަށް މި ހިނގާ ޖަނަވަރީ އަދި ފެބްރުއަރީ މަހު 1،500 ރުފިޔާ އާއި އެއަށް ވުރެ މަތިން އެމް-ފައިސާ މެދުވެރިކޮށްމުއާމަލާތްކުރާ ކަސްޓަމަރުން އޮޓަމެޓިކުން ލަކީ ޑްރޯގައި ހިމެނިގެންދާނެ ކަމަށެވެ.
ސްޓެލްކޯ،އެމްޑަބްލިއުއެސްސީ، މީޑިއާނެޓް ފަދަ ބިލްތަކަށް އެމް-ފައިސާ މެދުވެރިކޮށް ކޮންމެތާކު ކޮންމެ ވަގުތަކުވެސް ފަސޭހަކަމާއެކު ބިލަށް ފައިސާ ދެއްކޭނެއެވެ. ޔޫޓިލިޓީ ބިލްދެއްކުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ މަގުބޫލު ކެފޭ، ރެސްޓޯރެންޓްއަދި ފިހާރަތަކުން ވެސް ކަސްޓަމަރުންނަށް އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކުބިލަށް ފައިސާ ދެއްކޭނެއެވެ.
އެމް-ފައިސާ އަށް ރެޖިސްޓަރ ވާން ބޭނުންވާ ފަރާތްތަކަށް އުރީދޫ އެޕް މެދުވެރިކޮށް ރެޖިސްޓަރ ވެވޭނެއެވެ.
- އުރީދޫ އެޕް ޑައުންލޯޑް
- އެމް-ފައިސާ ހިޔާރުކޮށް ރަޖިސްޓްރޭޝަން އަށް ފިތާލާ
އެކައުންޓް އެކްޓިވޭޓް ކުރުމަށް ބޭނުންވާ ތަފްސީލް ތައް ފުރިހަމަކުރޭ.
ފޯނަށް ލިބޭ އޯޓީޕީ ޖައްސަވުމަށްފަހު 4 ޑިޖިޓްގެ ޕިން އެއް ސެޓް ކުރޭ
މޮބައިލް ނަމްބަރާއި 4 ޑިޖިޓްގެ ޕިން ޖަހުމުން ނިމުނީއެވެ.
އެމް-ފައިސާ ގެ ފަސޭހަކަމާއި ހާއްސަ އޮފަރތަކުގެ ބޭނުން ހިފުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް މި ހިދުމަތް ބޭނުން ކުރެވޭނެއެވެ.

