
ބ. އޭދަފުށީގައި ފުޓްސަލް ރެފްރީ ކޯހެއް ބާއްވަން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އިން ތައްޔާރުވެއްޖެ އެވެ.
ފުޓްބޯޅަ އެސޯސިއޭޝަނާއި، މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއާއި އޭދަފުށީ ކައުންސިކު ގުޅިގެން ކުރިއަށްގެންދާ މި ކޯހުގައި ބައިވެރިވެވޭނީ 18 އަހަރުން މަތީގެ، ކުޅިވަރުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.
މިނިސްޓްރީން ބުނީ ކޯހުގައި ގިނަވެގެން ބައިވެރިކުރެވޭނީ 30 ފަރާތެއް ކަމަށާއި، 30 އަށް ވުރެ ގިނައިން ކުރިމަތިލައިފިނަމަ، ކުރިމަތިލާ ފަރާތްތަކުގެ އުމުރަށާއި ކުޅިވަރާ ގުޅޭ ތަޖުރިބާއަށް ބަލައި ޝޯޓްލިސްޓް ކުރެވޭނެ ކަމަށެވެ.
މި ކޯސް އޮންނާނީ މިއަހަރުގެ ފެބްރުއަރީ 15 އިން 21 އަށެވެ. އަދި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 6 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކުރިމަތިލެވޭނެއެވެ.