އެމް.އައި.ބީ އިން ގެދޮރު ޢިމާރާތްކުރާ ސާމާނު ގަނެވޭ ސްކީމެއް ތަޢާރަފް ކޮށްފިި

މޯލްޑިވްސް އިސްލާމިކް ބޭންކް ހުުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
މޯލްޑިވްސް އިސްލާމިކް ބޭންކް ހުުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

 

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) އިން ގެދޮރު ޢިމާރާތް ކުރުމަށް ބޭނުންވާ ސާމާނު ގަނެވޭ ސްކީމެއް ތަޢާރަފް ކޮށްފިއެވެ.

މި ސްކީމުގެ ދަށުން ނެގޭނީ 20000ރ އާއި 100000ރ އާއި ދެމެދުގެ ތަކެތި ކަމަށް އެ ބޭންކުން މަޢުލޫމާތު ދެއެވެ. އަދި އެ ސްކީމުގެ ދަށުން މުދާ ނެގޭނީ އިސްލާމިކް ބޭންކުގައި އެކައުންޓް ހުޅުވާފައިވާ ފަރާތްތަކުގެ ތެރެއިން އެމީހެއްގެ މުސާރައަށް ބަލާ، އެ ސްކީމުގައި ބައިވެރިވެވޭ ފަރާތްތަކާއި ވަޒީފާ ދޭ ތަންތަނުގެ ތެރެއިން އެމްއައިބީ އިން ގަބޫލުކުރާ ތަންތަނުގެ މުއައްޒަފުންނަށް ކަމުގައިވެސް އެ ބޭންކުން މަޢުލޫމާތު ދެއެވެ.

ގެދޮރު ޢިމާރާތްކުރާ ސާމާނު ވިއްކާ ބޮޑެތި ކުންފުނިތަކުން މި ސްކީމުގެ ދަށުން މުދާ ނެގޭނެ ކަމަށާއި މިގޮތަށް އެ ކުންފުނިތަކުން އެއްބަސްވެފައިވާ ކަމުގައިވެސް އެ ބޭންކުން ހާމަކުރެއެވެ. މި ސްކީމުގެ ދަށުން މުދާ ނެގުމަށް ފަހު، އެމީހެއްގެ މުސާރައިން މަހަކަށް ޖެހޭ ޢަދަދު ކޮންމެ މަހަކުވެސް އުނިކުރެވޭނެ އެވެ. މި ފައިސާ ދައްކަން ޖެހެނީ ހަ މަހާއި އަށާރަ މަސް ދުވަހާއި ދެމެދުގެ މުއްދަތުގަ އެވެ. އެހެން ނަމަވެސް، ފައިސާ ދައްކަން ޖެހޭ މުއްދަތު ކަނޑައަޅާނީ އެމީހަކު ނަގާ މުދަލުގެ އަގަށް ބެލުމަށް ފަހުއެވެ.

މި ސްކީމުގައި ބައިވެރުވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު ހުށަހެޅުމުން ޖެހިގެން އަންނަ ދުވަހު ބޭންކުން އެކަމާއި ޖަވާބެއްް ދޭނެ ކަމުގައިވެސް އެ ބޭންކުން ބުނެއެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުން (އެމް.އައި.ބީ) އެހެނިހެން ތަފާތު ތަކެތި ގަނެދޭ ސްކީމްތައްވެސް ކުރިއަށް ގެންދެއެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.