
މާދަމާއަކީ މުލަ ރޯދަސް ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ދާދި ދެންމެއަކު ކަނޑައަޅައިފި އެވެ.
މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ބައްދަލުވުމުގައި އިއްވި، ރަމަޟާން މަހުގެ ހަނދާ ބެހޭ ގަރާރުގައި ބުނެފައިވާ ގޮތުން، މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށެވެ.
އެގޮތަށް ހަމަޖެއްސީ ޝައުބާން މަހުގެ 29 ދުވަސް ހަމަވުމުންނެ އެ މަހުގެ 30 ވިލޭ ރޭ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މިއަދުގެ އިރު އޮއްސުމަށް ފަހު ބައެއް އިސްލާމީ ގައުމުތަކަށް ހަނދު ފެނިފައިވާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖެއަށް ހަނދު ފެނުނުކަން އިއުލާނުކުރި އިރު އިސްލާމީ ގިނަ ގައުމުތަކުން ވަނީ ހަނދު ސާބިތުވެއްޖެކަން އިއުލާނުކޮށްފައެވެ.
ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ރާއްޖެއާއި އިސްލާމީ ގިނަ ޤައުމުތަކަށް ރަމަޟާން މަހުގެ ހަނދު ފެންނާނެއެވެ.