
ބ. އޭދަފުށީގައި ހުންނަ އަމާންވެށީގައި ދިރިއުޅޭ ކުދިންނަށް އެހީތެރިވުމުގެ ގޮތުން، އަނަންތަރާ ކިހަވަށްވިލާސް ރިސޯޓުން އެ ކުދިންނަށް ބޭނުންވާ ބައެއް ސާމާނު ހަދިޔާކޮށްފިއެވެ.
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނިގޮތުގައި މި ހަދިޔާ އަކީ އެ ސެންޓަރުގައި ދިރިއުޅޭ ކުދިންގެ ޙާލު ބަލައި، އެކުދިންނަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގެ ގޮތުން ކުރި މަސައްކަތެކެވެ.
މީގެ އިތުރުން، ރިސޯޓުގެ އިސްވެރިން ވަނީ އަމާންވެށްޓަށް ޒިޔާރަތްކޮށް، އެތަނުގައި ދިރިއުޅޭ ކުދިންނާ ބައްދަލުކޮށްފައެވެ.

މި ބައްދަލުވުމުގައި، އަނަންތަރާ ކިހަވަށްވިލާސް ރިސޯޓުގައި ހުރި ވަޒީފާގެ ފުރުޞަތުތަކާ ބެހޭ މައުލޫމާތު ކުދިންނާ ޙިއްސާކޮށްފައިވެއެވެ.
މިފަދަ އެހީތެރިކަމަކީ އެ ކުދިންނަށް ކުރިމަގުގައި ރިސޯޓުތަކުގައި ވަޒީފާ އަދާކުރުމަށް ބޭނުންވާ މައުލޫމާތާއި ހިތްވަރު ލިބިދޭނެ މުހިންމު ފިޔަވަޅެކެވެ.