ބީއެމްއެލް އިސްލާމިކްގެ އެހީ މަމްސް އެއިޑުގެ “ބެކް ޓު ސްކޫލް” ކެމްޕޭނަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކުން މަމްސް އެއިޑްގެ ‘ބެކް ޓު ސްކޫލް’ ކެމްޕޭނަށް 100،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

މި ކެމްޕޭނަކީ މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކުގެ ތެރެއިން ދިރާސީ އާ އަހަރު ފެށޭއިރު ސްކޫލަށް ތައްޔާރު ކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކުގެ ކުދިންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ހިންގާ ކެމްޕޭނެކެވެ.

ބީއެމްއެލް އިން މިއަދު ބުނީ މި އެހީގެ ދަށުން 100 ދަރިވަރަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. އިޖުތިމާއީ އެކި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން އަބަދު ވެސް އިސްކަންދެއެވެ.

މީގެ އިތުރުން، ބީއެމްއެލް އިން ވަނީ މަމްސް އެއިޑުން ހިންގި އެކި ހަރަކާތްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން، މި ރޯދަ މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ހިންގި ކެމްޕޭނަށް ބޭންކުގެ މުވައްޒަފުން ވަނީ އަމިއްލަ ގޮތުން އެހީތެރިވެދީފައެވެ.

ބީއެމްއެލް އިސްލާމިކުން އަންނަނީ ހިދުމަތަށް 10 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.