އުރީދޫން އެޕް ރިޗާޖުކޮށްގެން ކޮންމެ ހަފުތާއަކު އަގުހުރި އިނާމުތަކެއް!

އުރީދޫ މޯލްޑިވްސްއިން، އެ ކުންފުނީގެ މޯބައިލް އެޕް މެދުވެރިކޮށް ރިޗާޖުކުރާ ކަސްޓަމަރުންނަށް ޚާއްސަކޮށްގެން އަގުހުރި ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިޔަށްދާނީ އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް، އުރީދޫ އެޕް މެދުވެރިކޮށް 50 ރުފިޔާ ނުވަތަ އެއަށްވުރެ ގިނައިން ރިޗާޖުކޮށްލުމުން ނުވަތަ 50 ރުފިޔާގެ އެޑް-އޮންއެއް ނަގައިގެން ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒަކީ، ސެމްސަންގްގެ އެންމެ ފަހުގެ ފޯނު ކަމަށްވާ ސެމްސަންގް އެސް 25 އަލްޓްރާ އެކެވެ. މީގެ އިތުރުން، ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރި ފަރާތްތަކަށް ތަފާތު އެތައް އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ. އެއީ:

  • ސެމްސަންގް ގެލެކްސީ ވޮޗް
  • އެޕަލް ވޮޗް
  • ސެމްސަންގް ގެލެކްސީ ބަޑްސް
  • ވާވޭ ވޮޗް ބަޑްސް
  • އެޕަލް އެއާޕޮޑްސް
  • އެކްސްބޮކްސް
  • ޖޭބީއެލް ވަޔަލެސް ޕޯޓެބަލް ސްޕީކާ
  • ޝައުމީ ރޮބޮޓް ވެކިއުމް

އުރީދޫން ވަނީ މިއީ، ފަސޭހަކަމާއެކު އަގުހުރި އިނާމުތަކެއް ލިބޭ ރަނުގެ ފުރުސަތެއްކަން ފާހަގަކޮށް އެ ފުރުސަތުގެ ބޭނުން ހިފުމަށް އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.