ވެލާ ބަލިކޮށް އިރުމަތި އެފްސީ އަށް ރަނގަޅު ފެށުމެއް

އިރުމަތި އެފްސީ އާއި ވެލާ ސްޕޯޓްސް މިއަުދ ހަވީރު ކުޅުނު މެޗުގެ ތެރެއިން — ފޮޓޯ/ އިމޭޖަސް އެމްވީ

ބ. އޭދަފުށީގައި މިއަދު ފެށި، އޭދަފުށި ކަޕް 2025 ގެ ފުރަތަމަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން ވެލާ ސްޕޯޓްސް ކްލަބް ބަލިކޮށް އިރުމަތި އެފްސީން މޮޅަކުން މުބާރާތް ފަށައިފި އެވެ.

އޭދަފުށީ ސްޓޭޑިއަމްގައި މިއަދު މުބާރާތް ފެށުމުގެ ގޮތުން ކުޅުނު މެޗުގައި އިރުމަތިން އެފްސީން ވެލާ ސްޕޯޓްސް ބަލިކުރީ 2-0 އިންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ގިނަ ވަގުތު ދެ ޓީމުގެ ފަރާތުން ވަނީ ހަމަހަމަ ކުޅުމެއް ދައްކާފައެވެ. މި ވަގުތުތަކުގައި ދެ ޓީމަށްވެސް ގޯލު ޖެހުމުގެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތައް ވަނީ ބޭކާރުވެފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، އިރުމަތިން މެޗުގެ ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަލީ ނަސީމް އެވެ. ދެވަނަ ހާފުގައިވެސް އިރުމަތިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ދެވަނަ ގޯލު އިރުމަތިއަށް ކާމިޔާބުކޮށްދިނީ ކޯނަރ ކިކަކުން އަފްރާހް އަބްދުލް އަޒީޒް އެވެ.

މިފަހަރުގެ އޭދަފުށި ކަޕްގައި ބައިވެރިވަނީ ޖުމްލަ ހަ ޓީމެވެ. މި ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ. ގްރޫޕް އޭގައި ވެލާއާއި އިރުމަތީގެ އިތުރުން ހިމެނެނީ ޓީމް މިޑްލް އީސްޓެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ހުސް ސޮނގުން ފުޓުބޯޅަ ޓީމާއި ސީސީ ސްޕޯޓްސް ކްލަބު އަދި އޭދަފުށި ފުޓުބޯޅަ އެކަޑެމީއެވެ.

މުބާރާތުގެ ދެވަނަ މެޗު މާދަމާ ކުޅޭއިރު، އެ މެޗުގައި ވާދަކުރާނީ ހުސް ސޮނގުންނާއި ސީސީ ސްޕޯޓްސް ކްލަބެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.