މާރެސް އިންވިޓޭޝަން ކަޕް ވޮލީ މުބާރާތް މި މަހު 21 ގައި ފަށަނީ

ބ. މާޅޮހުގެ މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރަމަންޓް ސޮސައިޓީ (މާރެސް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ “މާރެސް އިންވިޓޭޝަން ކަޕް ވޮލީ މުބާރާތް” މި މަހުގެ 21 ވަނަ ދުވަހު ފެށަށް ތައްޔާރުވެއްޖެ އެވެ.

މި އަހަރުގެ މުބާރާތުގައި ޖުމްލަ 6 ޓީމެއް ވާދަކުރާއިރު، އެއީ އަމިއްލަފުށި، ފިނޮޅު، ވައްކަރު، ސޮނެވާ ފުށި، ވެސްޓިން އަދި މާޅޮހު ބެސްޓް ބަޑީސްއެވެ. މީގެ ތެރެއިން ފިނޮޅު ރިސޯޓުން މި އަހަރުގެ މުބާރާތުގައި ބައިވެރިވަނީ ޑިފެންޑިންގ ޗެމްޕިއަނުންގެ ގޮތުގައެވެ.

މި މުބާރާތަކީ ބ. އަތޮޅުގެ ރިސޯޓުތަކަށާއި އެ އަތޮޅުގެ ރަށްތަކަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެއް ކަމަށްވާއިރު، މިއީ މި މުބާރާތުގެ ހަތަރުވަނަ ސީޒަނެވެ. 2022 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޑުސިޓް މޯލްޑިވްސްއިން ކަމަށްވާއިރު، 2023 ވަނަ އަހަރު ޗެމްޕިއަންކަން ހޯދީ ވައްކަރު ރިސޯޓުންނެވެ.

ފާއިތުވި އަހަރުގެ މުބާރާތުގެ ފައިނަލުގައި ވާދަކުރި ފިނޮޅު ރިސޯޓާއި މާޅޮސް ޓީމުގެ ތެރެއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފިނޮޅު ރިސޯޓުންނެވެ.

މާރެސްއިން މި މުބާރާތް އިންތިޒާމުކުރުމުގެ މައިގަނޑު މަޤްޞަދަކީ ވޮލީގެ ކުޅިވަރު ކުރިއަރުވައި، ހުނަރުވެރި ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމާއެކު، އެކުވެރި އަދި ވާދަވެރި މާހައުލެއްގައި ކުޅިވަރުގެ ރޫހު އާލާކުރުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.