ރ. އަތޮޅުގެ ހުރިހާ ރަށަކަށްވެސ ބީއެމްއެލްގެ އޭޓީއެމް ހިދުމަތް

ބޭންކް އޮފް މޯލްޑިވްސް އިން ރ. އަތޮޅުގެ އަށް ރަށެއްގައި އޭޓީއެމްގެ ހިދުމަތް މިއަދު ފަށައި، އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި އެވެ.

ބީއެމްއެލްއިން މިއަދު އޭޓީއެމްގެ ހިދުމަތް ފެށީ ރ. ފައިނު، ވާދޫ، ރަސްގެތީމު، އަނގޮޅިތީމު، ހުޅުދުއްފާރު، މާކުރަތު އިންނަމާދޫ އަދި ރަސްމާދޫގައެވެ.

އޭޓީއެމް ހިދުމަތް ތައާރަފްކުރަން މިއަދު އެ ރަށްރަށުގައި  ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް ޢުމަރާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ ރ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވުމާއެކު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ފަސޭހައިން ވާސިލުވެވޭނެ ބޭންކިންގ ޚިދުމަތެއް ގާއިމުކުރުމުގެ މުހިންމު ލަނޑުދަނޑިއެއް ހަސީލުވީ ކަމަށެވެ.

“މިއީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އިން އޭޓީއެމްގެ ޚިދުމަތް ގާއިމުކުރި 16 ވަނަ އަތޮޅު.” 

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 188 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 246 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.