އުރީދޫ ފަން ރަންގައި ދަ ކޮފީބީން އެންޑް ޓީ-ލީފް މޯލްޑިވްސްގެ ހާއްސަ އިނާމުތަކެއް

އުރީދޫ ފަން ރަންގައި ރެޖިސްޓާ ވެގެން “ދަ ކޮފީ ބީން އެންޑް ޓީ ލީފް” އިން ހާއްސަ އިނާމުތަކެއް ދިނުމަށް ހަމަޖައްސައިފިއެވެ.

އުރީދޫން ބުނީ މިއަހަރުގެ އުރީދޫ ފަން ރަން 2025 ގައި ދަ ކޮފީބީން އެންޑް ޓީ-ލީފް މޯލްޑިވްސްގެ ފަރާތުން ހާއްސަ އިނާމުތަކެއް ލިބޭ 250 ޓިކެޓު ފަންކިޓުތަކުގެ ތެރޭގައި ފޮރުވިފައިވާނެ ކަމަށެވެ.Ads by Dhiraagu

އެގޮތުން އުރީދޫ ފަން ރަން 2025 ގައި ބައިވެރިވެ، ފަން ކިޓު ގަންނަ ފަރާތަތަކަށް ގޯލްޑް، ޕާޕަލް ނުވަތަ ސިލްވާ ޓިކެޓު ހޯދައި ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.

ގޯލްޑް، ޕާޕަލް ނުވަތަ ސިލްވާ ޓިކެޓު ހޯދައި ހާއްސަ އިނާމުތައް:

  • 1 ގޯލްޑެން ސްވިލް ޓިކެޓް: ދަ ކޮފީ ބީން އެންޑް ޓީ ލީފްގައި އައިސް ބްލެންޑެޑް ބުއިންތައް އެއް އަހަރު ދުވަހުގެ ސަޕްލައި. މި އެވޯޑު ލިބޭ ފަރާތަކަށް އަންނަ ޑިސެމްބަރުގެ 19 އިން އެ މަހުގެ 30 އަށް ކޮންމެ މަހަކު ދެ އައިސް ބްލެންޑެޑް ބުއިން ހިލޭ ލިބޭނެ.
  • 5 ޕާޕަލް ޓިކެޓް: ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސްގެ މެނޫގައި ހިމެނޭ ކޮންމެ މީހަކަށް ވެސް ފަސް ހޭންޑްކްރާފްޓެޑް ބުއިން ހިލޭ ލިބޭނެ.
  • 244 ސިލްވާ ޓިކެޓް: ކޮންމެ ބެވަރޭޖްއެއް ގަންނަ ކޮންމެ މީހަކަށް ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ.

ރަޖިސްޓްރޭޝަން އަދި ކިޓް އޮޕްޝަންސް:

ފަން ކިޓް: 210 ރުފިޔާއަށް، ފަން ރަން ޓީޝާޓް، ރިސްޓްބޭންޑް، ކްލޯތު ބޭގް، އައިނު، މަލްޓި ޕާޕަސް ބަންޑަނާ އަދި ރީޔޫސަބަލް ފެންފުޅި ހިމެނެއެވެ.

ސްޓޭންޑާޑް ކިޓް: 110 ރުފިޔާއަށް، ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑް އަދި ރީޔޫސަބަލް ފެންފުޅި ހިމެނެއެވެ.

ރަޖިސްޓްރޭޝަން ކުރުމުގެ ފުރުސަތު އަންނަ ހުކުރު ދުވަހުގެ 23:59 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. އެ ފަން ރަންގައި ބައިވެރިވާ ފަރާތްތަކުން “ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސް” ގެ ޓިކެޓް ހޯދައިގެން ހާއްސަ އިނާމުތަކެއް ލިބިގެންދާނެއެވެ.

ރަޖިސްޓްރޭޝަނާއި އިތުރު މައުލޫމާތު ހޯދުމަށް ލިންކަށް ޒިޔާރަތްކުރުމަށް އުރީދޫން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.