ޒުވާނުންގެ ޖަމިއްޔާގެ ބިމާއެކު ތިން ބިމެއް ކައުންސިލަށް ނަގަން ނިންމައިފި

ޒުވާނުންގެ ޖަމިއްޔާއށް ބޯޅަދަނޑު ކައިރިން ދޫކޮށްފައި އޮންނަ ބިން -- ފައިލް ފޮޓޯ
ޒުވާނުންގެ ޖަމިއްޔާއަށް ބޯޅަދަނޑު ކައިރިން ދޫކޮށްފައި އޮންނަ ބިން — ފައިލް ފޮޓޯ

އޭދަފުށިން އެކިއެކި ބޭނުންތަކަށް ދޫކޮށް ގިނަދުވަސްވެފައިވާ ބިންތަކުގެ ތެރެއިން ތިން ބިމެއް އޭދަފުށީ ކައުންސިލަށް ނެގުމަށް އެ އިދާރާއިން ނިންމައިފި އެވެ.

އެގޮތުން ނަގަން ހަމަޖެއްސި އެއް ބިމަކީ މިރަށު ޒުވާނުންގެ ޖަމިއްޔާއަށް އޭދަފުށީ ރަސްމީ ބޯޅަދަނޑުގެ ހުޅަގުން ދޫކޮށްފައިވާ ބިމެވެ. އަނެއްބިމަކީ އޭދަފުށީ އުތުރުގެއާ ދިމާ ބަނދަރު ސަރަހައްދުން ބ. އަތޮޅު ކޮމެޓީއަށް ދޫކޮށްފައިވާ ބިމެވެ. ތިންވަނަ ބިމެއްގެ ގޮތުން ކައުންސިލުން ނަގަން ނިންމީ އޭދަފުށީގައި ފެރީ ޓާމިނަލެއް އެޅުމަށްޓަކައި ދީބާޖާ އިންވެސްޓްމަންޓަށް މިރަށު ސްޓޭޖް ސަރަހައްދުން ދޫކޮށްފައިވާ ބިމެވެ. މީގެތެރެއިން އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއަށް ދޫކޮށްފައިވާ ބިމަކީ މީގެ 27 އަހަރުކުރިން ދޫކޮށް އެއްވެސް މަސައްކަތެއް ނުކޮށް އޮންނަ ބިމެކެވެ. އަނެއް ދެ ބިމުގައިވެސް މަސައްކަތެ އަދި ފަށާފައެއް ނުވެ އެވެ.

އޭދަފުށީ ކައުންސިލްގެ ނާއިބްރައީސް މުހައްމަދު ރިޒާ ވިދާޅުވީ ކައުންސިލްގެ އިއްތިފާގުން މިތިން ބިން ނެގުމަށް ނިންމި މައިގަނޑު ބޭނުމަކީ ބިންތައް ދޫކުރި މަގްސަދު ހާސިލުނުވެ ގިނަދުވަސްތަކެއް ވަމުންދާ މައްސަލައެވެ.

“ޒުވާނުންގެ ޖަމްއިއްޔާ ބިމާ، އަތޮޅު ކައުންސިލް ބިން ދޫކުރިތާ ވަރަށް ގިނަދުވަސްވެއްޖެ އެހެންނޫންތޯ؟ އަނެއްކޮޅުން ބިންތައް ސާފުނުކުރާތާ ވަށާފާރުގަނޑުވެސް ރާނާނުލެވި އެ އޮތީ. މިރަށަކީ ބިން ގިނަވެގެން އުޅޭ ރަށެއްނޫން. އަނެއްކޮޅުން ފެރީ ޓާމިނަލް ހެދުމަށް ދިން މުއްދަތުގެ ތެރޭގައި ދީބާޖާއަށްވެސް އެކަން ނުވެ މިއޮތީ. މިއަށްވުރެ ފައިދާ ހުރިގޮތެއް ހޯދަން ބިންތައް މި ނަގަނީ”

އޭނާ ވިދާޅުވީ ކައުންސިލްގެ ނިންމުމާ އެއްގޮތަށް އެ ބިންތައް ވެރިފަރާތުން ވަކިކުރުމަށްޓަކައި ހައުސިން މިނިސްޓްރީގައި ދަންނަވާފައިވާ ކަމަށެވެ. އަދި މި ބިންތައް ބޭނުންކުރާނެ ގޮތަކާމެދު ރައްޔިތުންގެ ހިޔާލު ވަރަށް އަވަހަށް ހޯދާ ގޮތްތަކެއް ކަނޑައަޅާނެކަމަށްވެސް ރިޒާ ވިދާޅުވި އެވެ.

އޭދަފުށީގެ ކުރީގެ ރަންފުޓްބޯޅަ ޓީމު ނިސްބަތްވާ އޭދަފުށި ޒުވާނުންގެ ޖަމިއްޔާއަށް އޭދަފުށިން 4000  އަކަފޫޓްގެ ބިންދޫކުރީ 1985 ވަނައަހަރު އެވެ. އެ ބިމުގައި އިމާރާތްކުރުމަށްޓަކައި ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ކުރެވުނު ނަމަވެސް މިހާރު އެތަން އޮތީ ގަސްހެދި ވާހެދިފަ އެވެ. ބ. އަތޮޅު ކޮމެޓީއަށް އޭދަފުށިން ބިންދޫކުރީ ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި މިހާރު މަލްޓިޕާޕަސް ބިލްޑިންގް ހުރި ސަރަހައްދުންނެވެ. 5000 އަކަފޫޓްގެ އެ ބިން އުތުރުގެއާ ދިމާއަށް ބަދަލުކުރީ 2008 ވަނަ އަހަރު އެވެ. ފެރީ ޓާމިނަލް ހެދުމަށް ދީބާޖާއަށް 5320 އަކަފޫޓްގެ ބިން ދޫކުރިތާ ދެ އަހަރު ވެފައިވާއިރު ދީބާޖާގެ ފަރާތުން ދެމުންގެންދިޔަ ފެރީގެ ހިދުމަތް މިއަތޮޅުގައި ވަނީ މެދުކެނޑިފަ އެވެ.

ކައުންސިލުން ބުނީ މި ތިންބިމުގެ މައްސަލަ ހައްލުކުރުމަށްފަހު، ދެންހުރި މިފަދަ ބިންތަކާމެދު ކަންކުރާނެގޮތަކާމެދު ކައުންސިލުން މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށެވެ. އޭގެތެރޭގައި މީގެ 23 އަހަރުކުރިން މިރަށުގެ ރައްޔިތުންނަށް ދޫކޮށް އަދިވެސް ދިރިއުޅެން ނުފަށާހުރި ގޯތިތައްވެސް ހިމެނޭކަމަށް ކައުންސިލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

7 ކޮމެންޓް

  1. fathimath

    މިކައުންސިލަރުން މިކުރަނީ ކީއްބާ ! އެބޭފުޅުންނަކަށް ނޭގޭބާ މިގޮތަށް ބިންތައް ނަގައިގެން ކުރެވޭނީ ކޮންކަމެއްކަން . ކުރެވޭނެހާވެސް ކަމަކީ މުއައްސަސާތަކާއި ކޯޅުންކަން ހަމަޔަގީން . ތަންކޮޅެއް ހަރުދަނާ ބިނާކުރަނިވި ކަންތައްތަކެއް ރައްޔިތުންގެ މަންފާއަށް ކުރެވޭތޯ ބަލާބަލަ ! އަންނިވެރިކަމުގައި ތިމަންނަމެންނަށް ބަޖެޓެއް ނުލިބޭތީ ކަމެއް ނުވާނެޔޯ ، ބަލަ ވަހީދު ސަރުކާރު އައީމާ ވަކި ކުރެވުނު ކަމެއް ކޮބައިބާ ! ކަންތައްތައް ކުރެވޭ ގާބިލު މީހުން ނެތިއްޔާ ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ ! އޭދަފުށީގެ ނާތަހުޒީބު ރައްޔިތުން މިކަމާ ވިސްނާނެ ކަމަށް ހީކުރަން 2014 ގައި .

    ރައްދު
  2. rifau

    ތިގޮތައްހުރި ބިންތައް ތަރައްޤީކޮށް ރަށައް ރަނގަޅު ފައިދާ ލިބޭނެގޮތްތައް ހޯދުމަކީ ކަައުންސިލް މެމްބަރުންގެ މަސްއޫލިއްޔަތެއްކަމުގައި ދެކެން.

    ރައްދު
  3. ahmed

    thi bin tah flat alan beynun kurun muhinmmu. eydfushigai bin Nethigen Raees Naseed e vidhaaluvaa Thaahirru Dhiriulun noolevey kithanme bayaku eba thibi mihaaru Edhafushi raiyithun thaaeedhu kuraa veriyaa kaari councilun bunedheebala mithanuga flat ganeh viyas alaadheyshey. anehkaa thi bin tah konmes beynun nei githuga dhoo ukuraathi

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.