
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިފެކްޓް ބޯޑު އަދި އިސް މަގާމުތަކަށް ހޮވުނު ދަރިވަރުންނާ މަގާމު ހަވާލުކޮށް މަގާމުގެ ހުވާ ކުރުން ބާއްވައިފި އެވެ.

އެ ސްކޫލުގައި މިރޭ ބޭއްވި މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ ބ. އަތޮޅު ކޮމާންޑަރ ޗީފް ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އަބްދުﷲ ޚަލީލު އެވެ.



މިހަފްލާގައި އެ ސްކޫލުގެ 71 ދަރިވަރުން ޕްރިފެކްޓް ކަމުގެ ހުވާކުރި އެވެ. އޭގެ ތެރޭގައި އަލަށް ހޮވުނު ދަރިވަރުންނާ، މިހާރު އެ މަގާމުތަކުގައި ތިބި ދަރިވަރުން ހިމެނެ އެވެ.


މިއަހަރު އެ ސްކޫލުގެ ކެޕްޓަނަކަށް ހޮވުނީ ގްރޭޑް 12 އޭ ގައި ކިޔަވަމުން އަންނަ ރ. އިނގުރައިދޫ، އަބްދުﷲ ޝަމްވީލް އަދި ޑެޕިއުޓީ ކެޕްޓަނަކަށް ހޮވުނީ ގްރޭޑް 10 އޭ ގެ ފާތުމަތު ޔުމްނާ އާތިފް އެވެ.

ސްޕޯޓްސް ކެޕްޓަންކަމަށް 12އޭ ގެ ރަޝާ ރިޒާ ހޮވުުއިރު، ޑެޕިއުޓީ ސްޕޯޓްސް ކެޕްޓަނަކަށް ހޮވުނީ ގްރޭޑް 10 ގެ ހިނާ ހަމްދީ އެވެ.
