އިގްރާ ޕްރީ ސްކޫލް އަންނަ މަހު ހުޅުވަނީ

އިގްރާ އިންޓަނޭޝަނަލް ޕްރީސްކޫލް ނައިފަރުގެ ދަރިވަރުން ތަކެއް -- ފޮޓޯ: އިގްރާ
އިގްރާ އިންޓަނޭޝަނަލް ޕްރީސްކޫލް ނައިފަރުގެ ދަރިވަރުން ތަކެއް — ފޮޓޯ: އިގްރާ

އިސްލާމީ ތައުލީމަށް ހާއްސަކޮށްގެން އިގްރާ އިންޓަނޭޝަނަލް ޕްރީ ސްކޫލުން އޭދަފުށީގައި ހުޅުވަން ތައްޔާރުވަމުން އަންނަ ޕްރީ ސްކޫލު ވަރަށް އަވަހަށް އޭދަފުށީގައި ހުޅުވާނެ އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ނާޒުނީނާ ޔޫސުފު މިއަދު ވިދާޅުވީ ފްރެންޗައިޒް އުސޫލުން ސްކޫލް ހިންގުމަށް އައިލެންޑާސް އެޑިޔުކޭޝަނާއެކު ވަރަށް އެއްބަސްވުމުގައި ސޮއި ކުރެވޭނެ ކަމަށެވެ.

“މަސައްކަތް ކުރަމުން މިދަނީ އަންނަ މަހު ސްކޫލު ހުޅުވައި ކިޔަވައިދޭން ފެށޭތޯ، މި ސްކޫލް ވެގެން ދާނީ މިރަށުގެ ތައުލީމީ ދާއިރާ އާ ހަރުފަތަކަށް ދިއުމަށް އެޅޭ ބާރަކަށް،”

އޭދަފުށީގައި ގާއިމުކުރާ އިގުރާގެ ޕްރީ ސްކޫލުވެގެންދާނީ އަތޮޅު ތެރޭގައި އެތަނުން ހުޅުވާ ހަތަރުވަނަ ސްކޫލަށެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް އޮތް ތަނުގައި އަގުހެޔޮކަމާއެކު ތައުލީމް އުނގަންނައިދޭ ސްކޫލްތައް ގާއިމު ކުރަން މަސައްކަތް ކުރާނެ ކަމަށް އައިލެންޑާސް އެޑިއުކޭޝަނުން ބުންޏެވެ. އެގޮތުން މިއަހަރު ދަރަވަންދޫގައިވެސް އިގްރާގެ ޕްރީ ސްކޫލެއް ހުޅުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.


 

އިސްލާމީ ތައުލީމަށް ހާއްސަ އިގްރާ ޕްރީ ސްކޫލް

ނައިފަރުގައި ހުންނަ އިގްރާ އިންޓަނޭޝަނަލް ޕްރީ ސްކޫލް ގެ ކްލާސްރޫމެއް --
ނައިފަރުގައި ހުންނަ އިގްރާ އިންޓަނޭޝަނަލް ޕްރީ ސްކޫލް ގެ ކްލާސްރޫމެއް —

ބޭބީ ނާސަރީ އަދި ނާސަރީ ލެވެލަށް ކިޔަވައިދިނުން އެޑިއުކޭޝަން މިނިސްޓްރީން އަމިއްލަ ފަރާތްތަކަށް ދޫކޮށްލުމާއެކު ޕްރީސްކޫލްތަކުގެ ވާދަވެރިކަން އިތުރުވި އެވެ. ޕްރީސްކޫލް ހިދުމަތް ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ހިންގަމުން އައި ނަމަވެސް ވާދަވެރިކަން ބޮޑު މާހައުލުގައި ދަރިވަރުންނަށް އެންމެ އެކަށޭނަ ޒަމާނީ ތައުލީމު ފޯރުކޮށްދޭ ސްކޫލެއް ހޯދުމަކީ އަދިވެސް ބެލެނިވެރިންނަށް އޮތް ދައްޗެކެވެ. ބެލެނިވެރިން ބޭނުންވަނީ އަތް ފޯރާ އަގެއްގައި އިސްލާމްދީނާއި ދީނުގެ އަގީދާގެ ތެރެއިން ދަތުރުު ކުރާ އަދި ޒަމާނީ ވިސްނުމާއި އުފެއްދުންތެރިކުގެ ވެއްޓެއްގައި ކުދިން ތަރުބިއްޔަތު ވެގެންދާ ފަދަ ކަރިކިއުލަމަކާއި މާހައުލެއް އޮތް ސްކޫލަކަށް ދަރިން ފޮނުވާށެވެ. އެފަދަ ތަންތަން މަދުވުމުގަކީ ދަރިފުޅު ސްކޫލަށް ވައްދާ އުމުރަށް އެޅޭއިރު ގިނަ ބެލެނިވެރިން ކަންބޮޑުވެ ހާސްވާ ކަމެކެވެ.

ރާއްޖޭގެ ޕްރީ ސްކޫލް ތަކުގައި ކިޔަވައިދޭ ކަރިކިއުލަމަށް އިތުރު ބަދަލުތަކެއް ގެނެސް އިސްލާމްދީނުގެ އަސާސްތައް ކުދިންނަށް ދަސްކޮށް ދިނުމުގެ މައިގަނޑު ވިސްނުމާ އެކު ކުރިއަރާފައިވާ ގައުމުތަކުގައި ޕްރީސްކޫލްތަކުގައި ކިޔަވައިދިނުމަށް ބޭނުންކުރާ ބެސްޓް ޕްރެކްޓިސް އަށް ކިޔަވައިދެވޭނެ އަމިއްލަ ކަރިކިއުލަމެއް “އެޑިއު ކަނެކްޓް ޕްރައިވެޓް ލިމިޓެޑް” އިން ވުޖޫދަށް ގެންނަން ނިންމީ ރާއްޖޭގެ ބެލެނިވެރިންގެ ކަންބޮޑުވުމަށް ހައްލެއް ހޯދައިދޭށެވެ.

ދަށު ސާނަވީއަށް ކުއްޖާ ޕްރޮމޯޓްވުމާ ހަމަޔަށް އިސްލާމީ ތައުލީމާއި ތަރުބިއްޔަތު ދަރިވަރުންނަށް ދަސްކޮށްދީ، އިނގިރޭސި އާއި ހިސާބާއި ސައިންސް ފަދަ މާއްދާތާ ރައްޓެހި މާހައުލެއްގައި ކުދިންނަށް ދަސްކޮށްދިނުމުގެ އާ ސަގާފަތެއް ރާއްޖެއަށް ތައާރަފް ކުރުމަށެވެ. އިގްރާއިން މިހާރު ވަނީ އެ ފުރުސަތު ޕްރީސްކޫލް ހިންގާ ފަރާތްތަކަށް ވެސް ހުޅުވާލާފަ އެވެ. މިއީ ބެލެނިވެރިންނަށް ރަނގަޅު ފުރުސަތެެކެވެ.

“އިގްރާ” ކަރިކިއުލަމަކީ ރާއްޖޭގެ ގިނަ ޕްރީސްކޫލްތަކުގައި މިހާރު ކިޔަވައިދޭ ކަރިކިއުލަމަށްވުރެ ސްޓެންޑަޑް މަތި ކަރިކިއުލަމެކެވެ. އިސްލާމް ދީނުގެ އިލްމު ކިޔަވައިދިނުމާ އެކު، ދިވެހި އިނގިރޭސި، ހިސާބު އަދި ސައިންސް ފަދަ މާއްދާތައް ދަރިވަރުންނަށް ކިޔަވައިދޭ ގޮތަށް، ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންގެ ލަފަޔާއެކު އެކުލަވާލާފައިވާ ކަރިކިއުލަމެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ އެ ކައރިކިއުލަމް އެޕްރޫވް ކޮށްފަ އެވެ.

“އިގްރާގެ އަމާޒަކީ ރާއްޖޭގައި ހިންގާ ކޮންމެ އިގްރާ އިންޓަނޭޝަނަލް ޕްރީސްކޫލަކީ އިސްލާމީ އިލްމާއި އަސާސްތަކުގެ ތެރެއިން 21 ވަނަ ގަރުނުގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން ކުދިންނަށް ދަސްކޮށްދޭ ތަނަކަށް ހެދުން،” އިގްރާ ކުންފުނީގެ ޑެވެލޮޕްމަންޓް އެންޑް އެންޓަޕްރައިސް ސީނިއާ މެނޭޖާ ހައްވާ ޝިއުނާ ވިދާޅުވި އެވެ.

އިގްރާގެ ކަރިކިއުލަމަށް ޕްރީސްކޫލް ހިންގާ ފަރާތްތަކާއި ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ދޫކުރަނީ ފްރެންޗައިސް އުސޫލުންނެވެ. އެ ކަރިކިއުލަމަށް ސްކޫލް ބަދަލުކުރުމުން ޓީޗަރުން ތަމްރީން ކުރުމާއި، ކްލާސްތަކަށް ބޭނުންވާ ވަސީލަތް ގާއިމް ކުރުމާއި ކުދިންނަށް ބޭނުންވާ ފޮތްތަކާއި ވޯކް ބުކްތަކާއި އެހެނިހެން ސާމާނު އިގްރާއިން ފޯރުކޮށްދޭނެ އެވެ.

ޝިއުނާ ވިދާޅުވި ގޮތުގައި އިގްރާ ކަރިކިއުލަމަކީ ކުދިންނާ ރައްޓެހި، އިސްލާމްދީނަށް ވަރަށް ބޮޑަށް ސަމާލުކަން ދީފައިވާ ކަރިކިއުލަމަކަށް ވުމުން އެއީ ރާއްޖެއަށް އެންމެ އެކަށޭނަ ކަރިކިއުލަމެކެވެ. އަދި އިގްރާގެ ސްކޫލްތަކުން ދަރިވަރުވާ ކުދިންގެ ހިތްތަކުގައި ދީނީ ލޯބި އަށަގަންނުވައި، އިސްލާމީ ރީތި އާދަތައް ހަރުލެއްވުމުގެ އިތުރަށް ދުނިޔެ ގަބޫލުކުރާ ފަދަ ފެންވަރުގެ ތައުލީމު ހެޔޮ އަގެއްގައި ފޯރުކޮށްދިނުން އެއީ އަމާޒެވެ.

“އަޅުގަނޑުމެންގެ ސްކޫލްތަކުން ފޯރުކޮށްދޭ ތައުލީމަކީ، ލެގޯ އެޑިއުކޭޝަން، ޓިގްލީ ޓޯއިސް އަދި އޮސްމޯ ގޭމިން ފަދަ ޒަމާނީ ވަސީލަތްތަކުގެ ބޭނުން ކުރެވިގެން، އަދި މީގެ އިތުރުން، އަލް ބުރޫޖް އަދި އިގްރާ އިސްލާމް ކަރިކިއުލަމްގެ މައްޗަށް ބިނާކުރެވިފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ކޮންޓެންޓެއް. އެހެންވީމަ ޝައުގުވެރިވާ ފަރާތްތަކުން ހަމަ އަޅުގަނޑުމެން ކައިރިއަށް އަންނަން ވީ، އެ ފުރުސަތު ވިޔަފާރިވެރިންނަށް ވަރަށް ފަހިކޮށް އޮތީ، އޭރަށް އަޅުގަނޑުމެން މުޅި އަހަރުގައި ޕްލޭސްކޫލް ނާސަރީ ޖޫނިއާ އަދި ސީނިއާ ކިންޑަގާޓެންގެ ސްކޫލް ކިޔެވުން ޕްރޮގްރާމް ކޮށްދޭނަން،” ޝިއުނާ ވިދާޅުވި އެވެ.

މި ފްރެންޗައިސް މޮޑެލްގެ ދަށުން ސްކޫލެއް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކަރިކިއުލަމް ޓްރެއިނިން މުޅި އަހަރަށް ބޭނުންވާ މަސައްކަތު ކަރުދާސްތާއި ކިޔަވައިދިނުމަށް ބޭނުންކުރެވިދާނެ އިތުރު ވަސީލަތްތަކާއި އަހަރުގެ ތެރޭގައި އިދާރީ އަދި ފަންނީގޮތުން ލިބޭ އެހީތެރިކަމާއި މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމުގެ ތަމްރީނު ޕްރޮގްރާމްތަކައި އެހެނިހެން ފަންނީ އެހީ ލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.