އިޖުތިމާއީ ދުޅަހެޔޮ ވެށްޓަކަށް ނާސިރު

އަޙްމަދު ނާސިރު
އަޙްމަދު ނާސިރު

ބ އޭދަފުށްޓަށް އުފަން މިރަށު ސިއްދަތުރަ އަހުމަދު ނާސިރު (އާއްމު ނަމުންނަމަ ބޮޑޭ އަހަންމަދު) އަކީ މީގެ އަށާވީހަކަށް އަހަރު ކުރިންވެސް އޭދަފުށީގެ އިޖުތިމާއީ މަސައްކަތްތަކުގައި ވަރަށް މުރާލި ފަރާތެކެވެ. ނާސިރު އަބަދުވެސް ގަސް އިންދުމަށް ލޯބިކުރައްވައެވެ. އަދި ހަމައެކަނި ގަހެއް އިންދުމުން އެ ނިމުނީއެއްވެސް ނޫނެވެ. އެ ގަސް ހެއްދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވައެވެ. ނަތީޖާއެއްގެ ގޮތުން މިއަދު އޭދަފުށީގައި ހުރި ހިޔާލިބޭ ގިނަ ގަސްތަކަކީ ބޮޑޭ އަހަންމަދުގެ މަސައްކަތުން ހައްދާފައިވާ ގަސްތަކެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކަމުގެ ހެއްކެއްގެ ގޮތުން ގަބުރުސްތާނު ވަށައިގެން ހެދިފައިވާ ގަސްތައްވެސް ފުދެއެވެ. ވުމާއެކު މިއަދު ނާސިރަށް ލިބޭ އެންމެބޮޑު އެއް ހިތްހަމަޖެހުމަކީ އަވިގަދަ ދުވަސްދުވަހު އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނާއި ބެލެނިވެރިން އެ ގަސްތަކުގެ ހިޔަލުގައި ތިބޭ މަންޒަރު ފެށި ހިތަށް ލިބޭ ހިތްހަމަޖެހުމެވެ.

ތިމާވެށްޓާ ރައްޓެހި ނާސިރު ދެކިލައްވާ ގޮތުގައި ގަސްއިންދުމާއި ރަށުތެރެ ސާފުކޮށް ބޭއްވުމަކީ އަބަދުވެސް ވަރަށް ހިތްހަމަޖެހޭ ކަމެކެވެ. ސައިކަލް ކާރުފަދަ ތަކެތި ރަށައް ގިނަވުމަކީ ނާސިރު އަބަދުވެސް ވަރަށް ބޭނުންނުވާ ކަމެކެވެ. އޭނާ ދެކިލައްވާ ގޮތުގައި އެ ބާވަތުގެ އެއްގަމު ދުއްވާ އުޅަނދުތައްވެސް ހުންނަން ޖެހޭނީ ތިމާވެށްޓާއި ރައްޓެހި ގޮތަށެވެ.

ތިމާވެށްޓަށް ލޯބިކުރާ ނާސިރަކީ އޭދަފުށްޓަށް އެންމެ ފުރަތަމަ ބެޓްރީ ސައިކަލެއް ގެނެސްގެން ދުއްވި ފަރާތް ވެސްމެއެވެ. ނާސިރުގެ މިހާރުގެ އަމާޒު ހުރީ ހުރިހާ ކަމެއްގައިވެސް ތިމާވެށްޓާއި އެންމެ ރައްޓެހި ގޮތަށް ރައްޔިތުންނަށް ހިދުމަތް ދިނުމަށެވެ.
މީގެ އިތުރުން ނާސިރަކީ އަބަދުވެސް ކުޅިވަރަށް، ވަކިން ހާއްސަކޮށް ފުޓްބޯޅައަށް ލޯބިކުރާ ފަރާތެކެވެ. އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ފުޓުބޯޅައިގެ ރަން ދުވަސް ވަރާއި އޭދަފުށީގައި ބޭއްވުނު ޔޫސުފް ކަލޭފާނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ކުޅެވުނު ފުޓުބޯޅަ މުބާރާތް ތަކާއި، އެންގައު ކަޕް ފުޓްބޯޅަ މުބާރާތްތައް ރާވާ ހިންގުމުގައި އޭރު ވަރަށް މުހިންމު ދައުރެއް އަދާ ކުރެއްވީ ވެސް ނާސިރު އެވެ. އަދި އެކި ގޮތްގޮތުން ފަންޑު ހޯދައިގެން މިފަދަ މުބާރާތް ތަކަށް ޓީމުނެރެ ކާމިޔާބީތައް ވެސް ހޯދާފައިވެ އެވެ.

އަޙްމަދު ނާސިރު
އަޙްމަދު ނާސިރު

ނާސިރަކީ އަބަދުވެސް އޭދަފުށީ ތަމްސީލުކުރާ ފުޓްބޯޅަޓީމުގެ ނަންބަރު ވަން ސަޕޯޓަރެވެ. ރާއްޖޭގެ ކޮންމެ ހިސާބެެއްގައި އޭދަފުށީ ފުޓްބޯޅަޓީމު މުހިންމު މެޗެއް ކުޅޭނަމަ އެ މެޗް ބަލަން ދިއުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސުމުގެ އެންމެ ކުރީގައި ހުންނާނީ އޭނާ އެވެ. ނާސިރުގެ އަބަދުގެވެސް އަމާޒަކީ އޭދަފުށީ ޓީމުން ރާއްޖޭގެ ގައުމީ ޓީމު ބަލިކުރުމެވެ. ރާއްޖޭގެ އެއްވަނަ ޑިވިޝަންގެ ޓީމުތަކާއި ޗެލެންޖް ކުރުމެވެ. އެގޮތުން ނާސިރު އަބަދުވެސް ދެކެންބޭނުންވާ ހުވަފެނަކީ އޭދަފުށީ ދަނޑުގައި ރާއްޖޭގެ ގައުމީ ޓީމު ބަލިކުރުމެވެ. އެކަން ކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެކަމަށް ނާސިރުވަނީ ވައުދުވެފަ އެވެ.

ބަހިއްޔާ ސާދާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ (މިހާރުގެ ފޭލިޖަމިއްޔާ) އިން މިހާތަނަށް ކޮށްފައިވާ އިޖްތިމާއީ އިޤްތިސާދީ އަދި އުމްރާނީ ހުރިހާ މަސައްކަތެއްގައިވެސް ނާސިރު ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ރަށުގެ ބޮޑު ސްޓޭޖް ހެދުމާއި، ގަސް އިންދުމުގެ ޕްރޮގްރާމްތައް އަދި ސުނާމީ ރިކަވަރީ އެންޑް ރީކޮންސްޓްރަކްޝަން ޕްރޮޖެކްޓާއި ބަހިއްޔާ ޕްރީސްކޫލް އިމާރާތް ކުރުމުގެ ޕްރޮޖެކްޓްގައި ނާސިރުގެ ދައުރު ފާހަގަ ކޮށްލެވެ އެވެ. ނާސިރު ދެކޭގޮތުގައި އުމްރާނީ ގޮތުންނާއި އިޖްތިމާއީ ގޮތުން ރަށަށް ލިބޭ ކޮންމެ ކުރިއެރުމަކީ އޭނާއަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމަކާއި ޝަރަފެކެވެ. ވީމާ ނާސިރު އަބަދުވެސް ވާންބޭނުންވަނީ ޒުވާނުން ކުރިއަށް ނެރެގެން މިފަދަ މަސައްކަތްތައް ރަށަށްޓަކައި ކޮށްދިނުމަށް އަތުކުރި އޮޅާލައިގެން ހުރި ޒުވާނުންނާ ރައްޓެހި ބޮޑުބެ އަކަށެވެ.

އަހްމަދު ނާސިރުގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން "ފޭލި" ޖަމިއްޔާއިން ވަނީ ހަނދާނީ ފިލައެއްދީފައި
އަހްމަދު ނާސިރުގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން “ފޭލި” ޖަމިއްޔާއިން ވަނީ ހަނދާނީ ފިލައެއްދީފައި

1996

ދުޅަހެޔޮ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްގެ ގޮތުގައި އޭދަފުށި އަބަދުވެސް ވުމަކީ ނާސިރުގެ އެއް މޮޓޯއެވެ. އެގޮތުން ނާސިރު އިސްނަގައިގެން އޭދަފުށީގެެ 40 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން މިއަހަރު ފެށި ފުޓްބޯޅަ ޕްރެކްޓިސް ވެގެން ދިއައީ ވަރަށް ގިނަބައެއްގެ ތާއީދު ލިބިގެންދިޔަ ކަމަކަށެވެ.

1991 ވަނަ އަހަރު ނާސިރު ހިއްސިއްޔާ ފުޓްބޯޅަ ޓީމަށް ކުޅެނީ

ހަމަގައިމުވެސް ނާސިރު މި މަސައްކަތް ފެށީ ދުޅަހެޔޮ ސިއްހަތަކަށް ކަސްރަތަކީ ވަރަށް މުހިންމު ކަމެއްކަން އިހްސާސް ކުރެވި، އެކަންކުރެވޭނީ މުޖްތަމައުގެ ކޮންމެވެސް އެއްބަޔަކު ނަމަވެސް އެކަމަށް އިސްނަގައިގެން ކަމަށް ވާތީ އެވެ. ކޮންމެއަކަސް މި މަސައްކަތް ވެގެން ދިޔައީ މިމުޖުތަމައަށް ވަރަށް ބޭނުންތެރި މުހިންމު މަސައްކަތަކަށެވެ. ނަތީޖާއަކަށް ވެގެންދިއައީ މިކަމަށް ގިނަބަޔަކު ތާއީދުކޮށް ވެޓަރަންސް ކްލަބެއް ވުޖޫދަށް އައުމުގެ ކުލަވަރުތައް ފެންނަމުން ދިއުމެވެ. މި މަސައްކަތުގައި އޭދަފުށީގެ ކުރީގެ މޮޅު ފްޓްބޯޅަ ކުޅުން ތެރިން ހަރަކާތް ތެރިވާކަމީ އުފާކުރަންޖެހޭ ކަމެކެވެ. ނާސިރުގެ މިހާރުގެ އަމާޒަކީ އަންނަ އަހަރު މެލޭޝިއާގައި އޮންނަ އިންޓަނޭޝަނަލް ވެޓަރަންސް ފްޓުބޯޅަ މުބާރާތުގައި އޭދަފުށީ ވެޓަރަންސް ޓީމް ބައިވެރި ވުމެވެ. 12792095_988191801255835_4311576624127650300_o

ނާސިރު މިހާރު ހާއްސަވާ އެއްކަމެއް އެބައޮތެވެ. ގިނަބަޔަކަށް ނޭނގުނު ކަމުގައިވިޔަސް ނާސިރަކީ އެކަނިވެރި، އުމުރުން ދުވަސްވީ މީހުންގެ ވަރަށްގާތް އެކުވެރި އެކެވެ. އެފަދަ މީހުން ބަލިވުމުން ޑޮކްޓަރަށް ދައްކައިދީ ބޭސްނަގައި ދިނުމާއި އެފަދަ މީހުންނަށް ބޭސްކާންދިނުމަކީ ވަރަށް ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން މިފަދަ އެހީތެރި ކަމަށް ބޭނުން ވެފައި ތިބި ބައެއްމީހުން ޑޮކްޓަރަށް ދެއްކުމަށް މާލެއާއި ރާއްޖެއިން ބޭރުގައި ނާސިރު އެތައް ދުވަހެއް ހޭދަކުރައްވަ އެވެ. ނާސިރު ދެކޭގޮތުގައި އެއީ އިންސާނިއްޔަތަށް ޓަކައި ކޮށްދެވޭ މަސައްކަތެކެވެ. އަދި މިފަދަ އެހީތެރި ކަމަކަށް އެދި އަންނަ މީހާއަށް އަބަދުވެސް އަޅާލުމަކީ މިއަދު ނާސިރުގެ އެންމެ އިސް އެއް ވާޖިބު ކަމުގައި ދެކެއެވެ. އާއިލާގެ ޒިންމާ އަދާކުރުމާ އެއްވަރަށް މިފަދަ ކަންކަމުގައި މިހާރަކަށް އައިސް އުޅެވޭކަމީ ދުނިޔެ މަތީގައި ނާސިރަށް ކޮށްދެވޭނެ އެންމެ އިހްލާސްތެރި މަސައްކަތް ކަމުގައި ދެކެއެވެ.

 

1999 ވަނަ އަހަރު ވެލެންސިޔާ އޭދަފުށީ މެޗުން މޮޅުވުމާ ގުޅިގެން އޭރުގެ އަތޮޅުވެރިޔާ ގާސިމު ކަލޭފާނާ ބައްދަލުކުރަނީ. ނާސިރަކީ އޭރު އެޓީމުގެ މެނޭޖަރު:
1999 ވަނަ އަހަރު ވެލެންސިޔާ އޭދަފުށީ މެޗުން މޮޅުވުމާ ގުޅިގެން އޭރުގެ އަތޮޅުވެރިޔާ ގާސިމު ކަލޭފާނާ ބައްދަލުކުރަނީ. ނާސިރަކީ އޭރު އެޓީމުގެ މެނޭޖަރު:

 

ވީމާ، ނާސިރަކީ ސިޔާސީ މީހަކަށްވުރެ ބޮޑަށް އިޖްތިމާއީ މީހެކެވެ. ދުޅަހެޔޮ ވެށްޓެއް ގާއިމުކުރުމަށާއި އިންސާނިއްޔަތަށް ޓަކައި މަސައްކަތްކުރާ މީހެކެވެ. އަބަދުވެސް އަޒުމަކީ ރައްޔިތުންގެ ލޯތްބާއި ތާއީދާއެކު އެ ގޮތުގައި ދެމިހުރުމެވެ.


އެޑިޓަރުގެ ނޯޓް: އަހްމަދު ނާސިރުއަކީ މިއީ އަންނަ ލޯކަލް ކައުންސިލު އިންތިހާބުގައި އޭދަފުށީ ކައުންސިލަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓެކެވެ. އެގޮތުން މިއީ އެ ފަރާތަށް ވިޔަފާރި އުސޫލުން ޝާއިއުކޮށްދީފައިވާ ލިޔުމެކެވެ. މި ލިޔުމުގެ ޒިންމާ އުފުލާނީ އެ ފަރާތުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.