އަޝްރަފް އެނގެނީ ކިހާވަރަކަށް؟

ބ. އޭދަފުށްޓަށް އުފަން ޢަބްދުﷲ އަޝްރަފަކީ އަންނަ މެއި މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ބ. އަތޮޮޅު ކައުންސިލްގެ އޭދަފުށި ދާއިރާގެ ގޮނޑިއަށް ވާދަކުރާ ކެނޑިޑޭޓެވެ. އަޝްރަފްގެ ކެނޑިޑޭޓް ނަންބަރަކީ 1 އެވެ.

ޢިލްމީ ޤާބިލްކަން

3

އަޝްރަފްގެ ޢިލްމީ ޤާބިލްކަމަށް ބަލާއިރު އޭނާވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގައި ދެހާސް ސޯޅަވަނަ އަހަރު ސައިކޮލޮޖީއިން ބެޗެލާސް ޑިގްރީ ހާސިލްކޮށްފައެވެ. އަދި އޭގެ ކުރިން ދެހާސް ހަތްވަނަ އަހަރު އަޝްރަފް ވަނީ އިޖްތިމާއީ މަސައްކަތުގެ ދާއިރާއިން ޝްރީލަންކާގެ ކެލަނިޔާ ޔުނިވަސިޓީގައި ޑިޕްލޮމާވެސް ހާސިލްކޮށްފައެވެ. މީގެ އިތުރުން ޕްރޮޖެކްޓް ޕްލޭނިންގް އަދި ޕްރޮޖެކްޓް މެނޭޖްމަންޓާގުޅޭ ކުރު މުއްދަތުގެ ގިނަ ކޯސްތަކެއް އަޝްރަފް ވަނީ ފުރިހަމަކޮށްފައެވެ.

 

 

ވަޒީފާގެ ތަޖްރިބާ

އާދައިގެ ސޯޝަލް ވާކަރެއްގެ ގޮތުގައި ދެހާސް ހަތްވަނަ އަހަރު ޖެންޑަރ މިނިސްޓްރީއާ އަޝްރަފް ގުޅުނު ނަމަވެސް މިއަދު އޭނާ ހުރީ އެ މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގައެވެ. އަދި އަޝްރަފްވަނީ ސާކްގެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާ ސައިވާކްގެ ނެޝަނަލް ކޯޑިނޭޓަރެއްގެ މަގާމުވެސް އަދާކޮށްފައެވެ. މީގެ އިތުރުން ޖެންޑަރ މިނިސްޓްރީން އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ސެންޓަރުތަކުގެ ތެރެއިން ހަތަރު ސެންޓަރެއްގައި މެނޭޖަރެއްގެ ގޮތުންވެސް އަޝްރަފްވަނީ ހަރަކާތްތެރިވެފައެވެ.

9

ޖެންޑަރ މިނިސްޓްރީއާ ގުޅުމުގެ ކުރިން އަޝްރަފް ވަނީ ބ. އަތޮޅު އޮފީހުގައިވެސް 5 އަހަރު ދުވަހު މަސައްކަތްކޮށްފައެވެ.

ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ޚިދުމަތް

އިޖްތިމާއީ ރައްކާތެރިކަމުގެ ދާއިރާއިން އަދި ވަކިން ހާއްސަކޮށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ދާއިރާއިން ގިނަ ހިދުމަތްތަކެއް ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި އަޝްރަފްގެ ފަރާތުން ފެނިގެންދިޔަ. މިގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ސޯޝަލް ވާކަރުންގެ ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުމުގައި ވަރަށް އިސްދައުރެއް އަޝްރަފް އައީ އަދާކޮށްފައި. މީގެ އިތުރުން ރާއްޖޭގެ ކުޑަކުދިންގެ ހާލަތު އިތުރަށް ރަގަޅުކުރުމަށްޓަކައި ސަރަހައްދީ ފެންވަރުގެ އެކި ބައްދަލުވުންތަކުގަޔާއި، ޖެނީވާގައި ހުންނަ އދ. ގެ މައި އޮފީހުގައި މިދިޔަ އަހަރު ބޭއްވި ބައްދަލުވުމުގައި އަޝްރަފްވަނީ ވަކާލާތުކޮށްފަ.

 

20

 

 

ހޭލުންތެރިކުރުވުމުގެ މަސައްކަތް

މުޖުތަމައުގައި ހުންނަ އިޖްތިމާއީ މައްސަލަތަކާ މެދު އާންމުން ހޭލުންތެރިކުރުމުގެ ގޮތުންވެސް އަޝްރަފް އަންނަނީ ރަސްމީ ވަޒީފާގެ ތެރެއިންނާއި، އަމިއްލަގޮތުންވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ރާއްޖޭގެ ވަރަށްގިނަ ރޭޑިޔޯ އަދި ޓީވީ ސްޓޭޝަންތަކުން ފޮނުވާ އިޖްތިމާއީ ޕްރޮގްރާމްތައް އަޑުއައްސަވާ އަދި ބައްލަވާ ފަރާތްތަކަށް އަޝްރަފަކީ އާ މީހަކަށް ނުވާނެއެވެ. މީގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ އަތޮޅުތަކުގެ ރަށްރަށުގައި އިޖުތިމާއީ ރައްކާތެރިކަމާ ގުޅޭ ކަންކަމާމެދު މުއައްސަސާތަކުގެ ވެރިންނާއި، ސްކޫލް ދަރިވަރުންނާއި އަދި އާންމުން ހޭލުންތެރިކުރުމަށްޓަކައި ސެޝަންތައް އަޝްރަފްވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ހަމައެއާއެކު ހަވާސާވެފައިތިބޭ މީހުންނަށްނަށް ކުރިމަތިވާ ނުތަނަވަސްކަންކުޑަކުރުމުގެ އިތުރުން ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރާނެ ގޮތްތަކާމެދު ސޯޝަލް މީޑިޔާގައި ގިނަ މައުލޫމާތުތަކެއް އަޝްރަފް ގެންދަނީ އާއްމުކުރަމުންނެވެ.

މަގްބޫލް ލިޔުންތެރިއެއް

44

ލިޔުންތެރިއެއްގެ ގޮތުގައި އަޝްރަފްގެ މަސައްކަތް އެންމެ ބޮޑަށް އާންމުންނަށް ފާހަގަވެގެންއައިސްފައިވަނީ އޭދަފުށި ޓައިމްސް ގެ ޒަރިއްޔާއިންނެވެ. އޭގެ އިތުރުން ޓީވީއެމްގެ އެންމެ މަގްބޫލް ޕްރޮގްރާމްތައް ކަމަށްވާ “ހޭޔާންބޯ” އަދި “ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި” ފަދަ ޕްރޮގްރާމްތަކަށް ބެލުންތެރިން ޝައުގުވެރިކުރުވި ގިނަ ރިޕޯރޓްތަކެއް އަޝްރަފް ވަނީ ލިޔެދީފައެވެ. އަދި ބ. އަތޮޅު މީޑިޔާ ސެންޓަރުން ކުރިން ފޮނުވި “މާރަނަ” ޕްރޮގްރާމަށް އާއްމުކޮށް ރިޕޯޓްތައް ހިލޭސާބަހަށް ތައްޔާރުކޮށްދެމުން އައީވެސް އަޝްރަފް އެވެ.

އިޖްތިމާއީ ޚިދުމަތް

މިފަހަކަށް އައިސް ރަށާއި، އަތޮޅާއި ދުރުގައި މަސައްކަތްކުރަންޖެހުނުކަމުގައިވިއަސް އަޝްރަފްއައީ ރަށުގައި ކުރެވެމުންއައި އިޖްތިމާއި މަސައްކަތްތަކުގައި ވީވަރަކުން ބައިވެރިވެ މަސައްކަތްތަކަށް ހިތްވަރުދެމުންނެވެ. މިގޮތުން އޭދަފުށީގެ ކުނިި މެނޭޖްކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވި ޕްލޭން އެކުލަވާލުމަށް މިދިޔަ އަހަރު ކުރީކޮޅު ބޭއްވި މަޝްވަރާ ބައްދަލުވުންތަކުގައި ވަރަށް ހަރަކާތްތެރި ދައުރެއް އަޝްރަފް އަދާކުރިއެވެ.

58

މީގެ އިތުރުން ފުރަތަމަ ފަހަރަށް އޭދަފުށީގައި ބޭްއްވި ސިޔާސީ ބަހުސް އިންތިޒާމްކުރުމުގެ މޭސްތިރިއަކީވެސް އަޝްރަފް އެވެ.

 

 

އަޝްރަފް ހޮވަންވީ ކީއްވެ؟

އަތޮޅު ކައުންސިލްގެ ގޮނޑިއަކަށް ދާއިރާގެ ރައްޔިތުން އަޝްރަފް އިންތިހާބު ކުރަންޖެހެނީ އެއީ ތަޖްރިބާހުރި ހިދުމަތްތެރި ތައުލީމީ ދަރިއަކަށްވާތީއެވެ. އަތޮޅު ފެންވަރުގައި އަށް އަހަރަށްވުރެ ގިނަދުވަހު މަސައްކަތްކޮށް އަތޮޅުގެ ކަންކަން ރަގަޅަށް އެގޭ މީހަކަށް ވާތީއެވެ. އަތޮޅުގެ ރަށްރަށުގައި މިހާރުވެސް އިސްކޮށް ތިއްބެވި ގިނަ ބޭފުޅުން ދަންނަ އަދި އެބޭފުޅުންގެ އިތުބާރުއޮތް މީހަކަށް އަޝްރަފް ވާތީއެވެ. މީގެ އިތުރުން މުޖުތަމައުގެ އެކި ގިންތީގެ މީހުންގެ އިހްސާސްތައް ގާތުން ތަޖްރިބާކޮށް އެމީހުންގެ ބޭނުންތައްވެސް އެގޭ މީހަކަށް ވާތީއެވެ. އަދި ހަމައެއާއެކު އިޖްތިމާއީ ތަފާތު ޕްރޮގްރާމްތައް ރާވައި، ހިންގުމުގެ ތަޖްރިބާވެސް ހުރި މީހަކަށްވާތީ އެވެ.

(އެޑިޓަރުގެ ނޯޓް: މިއީ ވިޔަފާރި އުސޫލުން ޝާއިއުކޮށްފައިވާ ލިޔުމެކެވެ.)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.