އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި ވާދަކުރުމަށް މިދިޔަ އަހަރުގެ ޗެމްޕިއަން އޭދަފުށީ ފުޓްބޯޅަ ޓީމު ކުޅުދުއްފުއްޓަށް ފުރައިފިއެވެ.
ރަސްމީ ފާލަމުން ޓީމު ފުރިއިރު ކައުންސިލްގެ މެމްބަރުންނާއި މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން ސަޕޯޓަރުން ބައިވެރިވެ ޓީމަށް ވަނީ ހިތްވަރު ދީފައެވެ. ފައިނަލް ބުރުގެ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު އޭދަފުށި ނިކުންނާނީ ކުޅުދުއްފުއްޓާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި ޖުލައި 10 ވަނަ ދުވަހު ށ. މިލަންދޫއާ ވާދަކުރާއިރު ގްރޫޕުގެ ފަހު މެޗުގައި ޖުލައި 12 ވަނަ ދުވަހު ވާދަކުރާނީ އއ. މާޅޮހާއެވެ.












