އަންނަ މަހުގެ 21 ވަނަ ދުވަހު ފުރިހަމަ އިރު ކޭތައެއް ހިފާނެ ކަމަށް، އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފިއެވެ.
ކޭތަ އެންމެ ފުރިހަމަކޮށް ހިފާފައި ހުންނާނީ 2 މިނެޓާއި 40 ސިކުންތަށް ކަމަށް ވެއެވެ.
މިއީ 1979 ވަނަ އަހަރަށް ފަހު އެމެރިކާއަށް ފުރިހަމަ އިރު ކޭތައެއް ފެންނަ ފުރަތަމަ ފަހަރު ކަމަށް ވެސް ނާސާއިން ބުންޏެވެ.
އެ ގޮތުން އެމެރިކާގެ 14 ސްޓޭޓަކަށް މި އިރު ކޭތަ ފެންނާނެއެވެ.
މި އިރު ކޭތަ ޕެސިފިކް ކަނޑުން ފެށިގެން އެޓްލާންޓިކް ކަނޑުގެ ގައުމުތަކަށް ވެސް ފެންނާނެ ކަމަށް ވެއެވެ. އެއީ ކޭތަ ހިފާފައި ހުންނަތާ ދޮޅު ގަޑިއިރުގެ ތެރޭގައެވެ.
އެހެންކަމުން މި ވަގުތުކޮޅުގެ ތެރޭގައި ރާއްޖެ އަށް ވެސް ކޭތައިން ބައެއް ފެންނާނެ އެވެ.
ކާކު ބުނީ ރާއްޖެއަށް ފެންނާނޭ. ކިހިނެއް ހޯދި މައުލޫމާތެއް. މިއޮތީހެކި ރާއްޖެއަށް ތި ނުފެންނާނެކަމުގެ. މައުލޫމާތުގެ މުއްސަނދިކަން ތިޔަހުންނަނީ………. މީތި ބަލާބަލަ
https://www.timeanddate.com/eclipse/solar/2017-august-21
moyanugovaa, mi keytha raajje akah nufennaane