ބ. އަތޮޅުގެ ހުރިހާ ރަށަކަށް ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާ ފޮނުވައިފި

މި ތަރުޖަމާގައި ކުށް ނުހުންނާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތް: އަތޮޅު ކައުންސިލަރ

ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާ ބ. އަތޮޅުގެ ހުރިހާ ރަށަކަށް ފޮނުވައިފި ކަމަށް މި އަތޮޅު ކައުންސިލަރ ޔޫސުފް މޫސާ ވިދާޅުވެއްޖެ އެވެ.

ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާ ފޮނުވާފައި ވަނީ މިދިޔަ ހޮނިހިރާއި އާދިއްތަ ދުވަހު ކަމަށް ވެސް އަތޮޅު ކައުންސިލަރ ވިދާޅުވި އެވެ. ނަމަވެސް ގޭގެ އަށް އަދި ނުބަހާ ކަމަށް ވެ އެވެ.

ކުރީ ފަހަރު ބެހި ތަރުޖަމާތަކުގައި ކުށް ހުރުމުން ދިވެހި ސަރުކާރުން އަލުން ތަރުޖަމާ ކުރުމަށް ފަހު މި ފޮނުވި ތަރުޖަމާގައި ކުށް ނުހުންނާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތް ކަމަށް ވެސް ޔޫސުފް މޫސާ ވިދާޅުވި އެވެ.

“މި ފަހަރު މި ގެނައި ތަރުޖަމާގައި ކުށް ނުހުންނާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތް. އެއީ ސަރުކާރުން މި ކަންތައް (ކީރިތި ޤުރުއާން ދިވެހި ބަހަށް ތަރުޖަމާ ކުރުން) މި ފަހަރު މި ކުރީ، ކުރީ ފަހަރުތަކުގައި ދިމާވި ކަންތައްތަކުން ވަރަށް ބޮޑު ފިލާވަޅެއް ލިބިގެން. މި ކަމަށް ވަރަށް ޤާބިލު ބޭފުޅުން މި ކަން ކޮށްފައި ވަނީ ވެސް،” ޔޫސުފް މޫސާ ވިދާޅުވި އެވެ.

ފާއިތު ވި 30 އަހަރު ދިވެހި ރާއްޖޭގެ ވެރިކަން ކުރި ސަރުކާރުން ވެސް ވަނީ ކީރިތި ޤުރުއާން ދިވެހި ބަހަށް ތަރުޖަމާ ކުރުމަށް ދިގު މުއްދަތެއް ނަގައިފަ އެވެ. ނަމަވެސް އެހާ ދިގު މުއްދަތެއް ނެގި ތަރުޖަމާ ރައްޔިތުންނާ ހަމައަށް އައި އިރު، ގިނަ ޢަދަދަކަށް ކުށް ހުރިކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

— މުޙައްމަދު އަފްރާޙް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.