ބ. އޭދަފުށީ، ދިލާވަރުގެ އިބްރާހިމް މޫސާ ނިޔާވެއްޖެ އެވެ.
އިބްރާހިމް މޫސާ ނިޔާވީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު އެވެ. ނިޔާވިއިރު އުމުރަކީ 83 އަހަރެވެ.
މައްޔިތާގެ މައްޗަށް ކަށު ނަމާދުކުރުން އޮންނާނީ މިއަދުގެ މެންދުރު ނަމާދަށްފަހު އާ ސަހަރާ މިސްކިތު ގަ އެވެ. ކަށު ނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.
އަލްމަރުޙޫމު އިބްރާހިމް މޫސާގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުޢާ ކުރަމެވެ. އާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާސްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.