ސޮނީގެ އެންމެ މަންޒަރު ރީތި ޓީވީ ރާއްޖޭގެ ބާޒާރަށް ނެރެފި.

ޓީވީ ތަޢާރަފު ކުރުމަށް ޓްރޭޑާސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ހަވީރު ނިއުން
ޓީވީ ތަޢާރަފު ކުރުމަށް ޓްރޭޑާސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ހަވީރު ނިއުސް

 

އިލެކްޓްރޯނިކް ސާމާނު އުފެއްދުމަށް މުޅި ދުނިޔެއަށްވެސް އެންމެ މަޝްހޫރު ސޮނީ ކުންފުނިން މިހާތަނަށް އުފެއްދި އެންމެ މަންޒަރު ރީތި ޓީވީ ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ޓްރޭޑާސް ހޮޓެލްގައި ރީފް ސައިޑުގެ ފަރާތުން ބޭއްވި ރަސްމިއްޔާތެއްގައި  ސޮނީ މިޓީވީގެ އެންމެ ޚާއްސަ ކަމަކީ މިޓީވީތައް ކުރީގެ ޓީވީ ތަކާއި އަޅާބަލާ އިރު، އާދަޔާ ޚިލާފަށް މަންޒަރުތައް ރީތިވުމާއި މި ޓީވީގައި ހިމެނޭ ޚާއްސަ ފީޗާއެއް ކަމުގައިވާ ‘އެލްއެޗެއެލް’ މެދުވެރިކޮށް ސޮނީ ފޯނުތަކުގައި ހުންނަ ލަވަ އާއި ވީޑިއޯ އަދި ފޮޓޯ ފަސޭހަ ކަމާއެކު ހިއްސާ ކޮއްލުމެވެ. ސޮނީ ބްރާވިއާ ޓީވީ ނެރުމަށް މި ބޭއްވި ރަސްމިއްޔާތުގައި ރީފްސައިޑުގެ ބްރޭންޑް މެނޭޖަރ ހަސަން ރިފާޢު ވިދާޅުވީ މި ޓީވީތަކުގައި ހިމެނޭ ސްޕީކަރުތަކުގެ ސަބަބުން ‘ އަޑު ފަޅައިގެން ‘ ދިއުމުގެ މައްސަލަ ހައްލުވާނެ ކަމުގައެވެ.

 ” އެހެން ރޭންޖުތަކުގެ ޓީވީގެ އަޑާއި މި ޓީވީގެ އަޑު ވަރަށް ތަފާތުވާނެ. މި ޓީވީތަކުގައި ހިމެނޭ ޚާއްސަ ސްޕީކަރުތަކުގެ ސަބަބުން އަޑު ފަޅައިގެން ދިއުމުގެ އުނދަގުލުން ސަލާމަތްވާނެ ‘ ހަސަން ރިފާޢު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ލަކީޑްރޯއެއް ނަގާ ބައެއް އިނާމުތައްވެސް ވަނީ ބަހާފަ އެވެ. ރީފްސައިޑުން މި ޓީވީ ވިއްކަމުން ދަނީ މާލޭގެ ސޮނީ ސެންޓަރުންނެވެ. 30 އިންޗި އާއި 70 އިންޗިއާ ދެމެދުގެ ސައިޒުތަކުގެ ޓީވީ ލިބެން ހުރި އިރު، އަގުތައް އުޅެނީ 9،000ރ. އިން ފެށިގެން 60،000ރ. އާއި ދެމެދުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.