ރިސޯޓް މުބާރާތް ހުޅުވައިދޭނީ އަނަންތަރާ އާއި މިލައިދޫ

މިދިޔަ އަހަރުގެ ރިސޯޓް މުބާރާތުގައި ކުޅެނީ

ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެ ބާއްވާ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތް މިމަހު 16 ވަނަ ދުވަހު ހުޅުވައިދޭނީ އަނަންތަރާ ކިހަވައް ވިލާސް އާއި މިލައިދޫ އައިލެންޑް އެވެ.

އޮކްޓޯބަރު 16-28 އަށް ބާއްވާ މުބާރާތުގެ ގުރުއަތުނެގުން މިއަދު ހެނދުނު ވަނީ ބާއްވައިފަ އެވެ.

މި މުބާރާތުގައި މި ފަހަރު ހަތް ހަތް ރިސޯޓުން ވަނީ ބައިވެރިވެފަ އެވެ. އެއީ އަނަންތަރާ، މިލައިދޫ، ފޯސީޒަން، ސޮނެވާފުށި، ޑުސިޓް ތާނީ، ކިހާ މޯލްޑިވްސް ގެ އިތުރުން ދި ސްމޯލް މޯލްޑިވްސް އައިލެންޑު އެވެ.

ހަތް ޓީމު ދެ ގްރޫޕަށް ބަހާލުމަށް ފަހު ގްރޫޕް އޭގައި ހިމެނެނީ ހަތަރު ޓީމެވެ. އަދި ގްރޫޕް ބީގައި ތިން ޓީމެވެ. ސެމީ ފައިނަލުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށެވެ.

މި މުބާރާތަކީ ބ. އަތޮޅުގެ ރިސޯޓްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖުތިމާއީ ރޫހާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި މީގެ ފަސް އަހަރު ކުރިން ކްލަބް ކޮމްބިނޭޝަން (ސީސީ) އިން ބާއްވަމުން އައި މުބާރާތެކެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން މި މުބާރާތް ބާއްވަމުން އަންނަނީ އޭދަފުށީ ޒުވާނުންގެ ކްލަބުންނެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރަށް ހޯދީ ސޮނެވާފުށި ރިސޯޓް އެވެ. އެ ޓީމު ވަނީ ޖެހިޖެހިގެން ތިން އަހަރު މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ދެން މި މުބާރާތް ކާމިޔާބުކުރީ އަނަންތަރާގެ އިތުރުން އިތުރުން ދި ސްމޯލް މޯލްޑިވސް އައިލެންޑް (އަމިއްލަފުށި/ފިނޮޅު ރިސޯޓް) އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.