
އޭދަފުށީ ޒުވާނުންގެ ކްލަބުން ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި އަނަންތަރާ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވިޔަ ނުދީ މިލައިދޫން ހިފަހައްޓައިފި އެވެ.
މުބާރާތުގެ ފުރަތަމަ މެޗުން ދެ ޓީމު 0-0 އިން އެއްވަރުވި އިރު، މިލައިދޫއަކީ މުބާރާތުގައި މިއަހަރު އަލަށް ވާދަކުރާ ޓިމެކެވެ. އަނަންތަރާ ޓީމަކީ 2015 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަނުންނެވެ.

މިމެޗުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ދެ ޓީމުން ވެސް ހޯދި ނަމަވެސް އެއިން ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވި އެވެ.


މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިލައިދޫ ރިސޯޓުގެ އުޒެއިރު ހަސަން އެވެ.
މި ފަހަރުގެ މުބާރާތުގައި ހަތް ރިސޯޓުން ވާދަކުރެ އެވެ. މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ސޮނެވާފުއްޓާއި ފޯސީޒަން މޯލްޑިވްސް އެވެ.


