ވިންޑޯސް 8 އާއި އެންޑްރޮއިޑްގައި ބޭނުން ކުރެވޭ ޓެބްލެޓެއް ހަދައިފި

ސެމްސަންގ އިން ތަޢާރަފު ކުރި ' އަޓީވް ކިއު ' ޓެބްލެޓް
ސެމްސަންގ އިން ތަޢާރަފު ކުރި ‘ އަޓީވް ކިއު ‘ ޓެބްލެޓް

 

 

 

 

 

 

 

 

 

 

 

ވިންޑޯސް އެއިޓް އާ އެންޑްރޮއިޑް އޮޕަރޭޓިންގ ސިސްޓަމްގައިވެސް މަސައްކަތް ކުރާ ޓެބްލެޓެއް ސެމްސަންގް ކުންފުނިން އުފައްދައިފި އެވެ.

ދެ އޮޕްރޭޓިންގ ސިސްޓަމް ބޭނުން ކުރެވޭ ސެމްސަންގ ‘ އަޓީވް ކިއު ‘ ތަޢާރަފު ކޮއްފައި މިވަނީ އަސޫސް ކުންފުނިންވެސް މިފަދަ ޓެބްލެޓެއް ތަޢާރަފު ކުރިތާ ހަފުތާއެއްހާ ދުވަސް ފަހުން ނެވެ. އަސޫސްގެ މި އުފެއްދުމުގައިވެސް މައިކްރޮސޮފްޓް ވިންޑޯސް އާއި ގޫގުލް އެންޑްރޮއިޑް ބޭނުން ކުރެވެ އެވެ.

ސެމެސަންގ ގެ މި ޓެބްލެޓްގައި ވަކިން ކީބޯޑެއް އިންނަ އިރު، ލެޕްޓޮޕެކޭ އެއްގޮތަށްވެސް ބޭނުން ކުރެވެ އެވެ. އަދި ކީބޯޑާ އެކު ލައްޕާ ލެވޭ އިރު، ސްކްރީންގައި ހުންނަނީ ތޭރަ ޕޮއިންޓް ތިނެއް އިންޗި އެވެ.

މީގެ އިތުރުން ސެމްސަންގ އިން ވަނީ ވިންޑޯސް އެއިޓް ބޭނުން ކުރެވޭ އަޓީވް ޓެބް ތްރީވެސް ވަނީ ތަޢާރަފު ކޮއްފަ އެވެ. މީ ވިންޑޯސްގައި ހިންގޭ އެންމެ ތުނި ޓަޗް ސްކްރީން ކޮމްޕިއުޓަރ ކަމަށް ސެމްސަންގ އިން ބުނެ އެވެ. އަދި ފޯރޖީ ޑޭޓާ ޓްރާންސްފަރ ކުރެވޭ އެންޑްރޮއިޑްގައި ހިންގާ ކެމެރާއެއްވެސް ވަނީ ތަޢާރަފު ކޮށްފައެވެ. ގެލެކްސީ އެން އެކްސް ކެމެރާ ހަދާފައިވަނީ ލެންސް ބަދަލުކުރެވޭ ގޮތަށެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.