މާދަމާ ބ. ގޮއިދޫގައި ފަށާ ދިވެހިރާއްޖޭގެ ކުޅިވަރުގެ އިދާރީ އެންމެ ބޮޑު ބައްދަލުވުން ކަމަށްވާ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ޖަލްސާއަށް އޮލިމްޕިކް ކޮމެޓީގެ ވަފުދުގެ ބޭފުޅުން މިއަދު އެރަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔަނީ. މި ޖަލްސާއަށް އެރަށް ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައި.
އެޒްކެޓިވް ކޮމިޓީން މިއަތޮޅު ގޮއިދޫގައި މި ބައްދަލުވުން ބާއްވަން ނިންމީ އެރަށަކީ މިހާރު ރާއްޖޭގައި ކުޅިވަރުގެ ހަމަ ނަމޫނާ ރަށަކަށްވާތީ.
އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހިމަނަން ނިންމާފައިވާ ކައިޓް ސާފިންގެ ހަރަކާތްތައް ރާއްޖޭގައި އެންމެ ފުޅާކޮށް ކުރިއަށް ގެންދަނީ ގޮއިދޫގަ އެވެ. އެ ރަށުގެ ކުދިން އަންނަނީ އެ ކުޅިވަރުގައި ތަފާތު ދައްކަމުން.
މި ބައްދަލުވުމަކީ ރާއްޖޭގެ ހުރިހާ ކުޅިވަރު އެސޯސިއޭޝަނަކުންނާއި ކުޅިވަރާ ބެހޭ މިނިސްޓްރީ އަދި ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން ބައިވެރިވޭ.. — ފޮޓޯތައް: އޮލިމްޕިކް ކޮމެޓީ