ކުރިއަށްއޮތް ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އާއްމުންނަށް ހެޔޮ އަގެއްގައި ތަކެތި ގަންނަން ލިބޭނެގޮތް ހަމަޖައްސައިދިނުމުގެ ބާއްވާ ނައިޓް މާކެޓް، މިއަދު ހަވީރު 4:30 ހުޅުވާނެ ކަމަށް އޭދަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ބުނެފި އެވެ.
އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ އައިޝަތު ހުސެއިން ވިދާޅުވީ މި ނައިޓް މާކެޓް އަންނަ ހޮނިހިރުދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. މި ފަހަރުގެ ނައިޓް މާކެޓަށްވެސް އޭދަފުށީ ވިޔަފާރިވެރިންގެ ފަރާތުންނާއި އާއްމުންގެ ފަރާތުން ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަންހެނުންގެ ކޮމެޓީގެ ނައިޓު މާކެޓް މި ފަހަރު ވެސް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ އޭދަފުށީ އުތުރު ފަރާތު ސްޓޭޖް ސަރަހައްދުގައި ހަވީރު 4:30 އިން ރޭގަނޑު 12:00 އަށެވެ.