ފޮޓޯ ގެލަރީ: ސޮނެވާ ރާޅާ އެޅުމުގެ މުބާރާތް

ބާ އަތޮޅުގެ ރާޅާ އެޅުންތެރިންނަށް އަމާޒުކޮށްގެން ސޮނެވާ ފުށި ރިސޯޓުން އިންތިޒާމުކޮށްގެން ބޭއްވި ރާޅާއެޅުމުގެ މުބާރާތް،

ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހު ބ. ގޮއިދޫގައި ބޭއްވުނު މިމުބާރާތުގައި ބާ އަތޮޅުގެ އެކި ރަށްރަށުން 40 އަށްވުރެ ގިނަ ރާޅާއެޅުންތެރިންނާއި ބޮޑީބޯޑަރުން ބައިވެރިވި. މިމުބާރާތް ކުރިއަށް ގެންދެވުނީ 18 އަހަރުން މަތި، 18 އަހަރުން ދަށް އަދި ބޮޑީ ބޯޑިންގ ކެޓަގަރީ ވަކިން.

މުބާރާތުގެ 18 އަހަރުން ދަށުގެ ބައިން 1 ވަނަ ހޯދާފައިވަނީ ބ.ގޮއިދޫ އަހުމަދު ޒައިން. 18 އަހަރުން މަތީގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބ. އޭދަފުށީ މުހައްމަދު ސަމާހު. އަދި ބޮޑީބޯޑިން ބައިން 1 ވަނަ ހޯދާފައިވަނީ ބ.އޭދަފުށީ އިބްރާހިމް ޒައިން.

މީގެ އިތުރުން، މުބާރާތުގެ ބައިވެރިންގެ ތެރެއިން އެންމެ އުއްމީދީ ޒުވާން ރާޅާއެޅުންތެރިޔަކަށް ހޮވިފައިވަނީ ބ.ފެހެންދޫ އުމުރުން 14 އަހަރުގެ ހައިޝަމް ލަތީފް

މިމުބާރާތުގެ ޖަޖްކަން ކޮށްދެއްވާފައިވަނީ ރާއްޖޭގެ މަޝްހޫރު ރާޅާއެޅުންތެރިޔާ އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އާއި ކ.ތުލުސްދޫގައި ރާޅާއެޅުމުގެ ކޭމްޕް ހިންގާ ޓްރޯއި ހަގެޓް.

ސޮނެވާ ފުށިން މައުލޫމާތު ދެއްވާގޮތުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤްސަދަކީ، ބ.އަތޮޅުގެ އެކި ރަށްރަށުގެ ރާޅާއެޅުންތެރިން އެކަކު އަނެކަކާއި ބައްދަލުވެ ވާދަވެރި މާހައުލެއްގައި ރާޅާއަޅާލުމުގެ ފުރުސަތު ހޯދައިދިނުން. އަދި ޒުވާން ރާޅާއެޅުންތެރިން އެކުޅިވަރުގައި ކުރިއަށް ދިއުމަށް ހިތްވަރު ދިނުން. މީގެ އިތުރުން ރާއްޖެއަކީ ވަށައިގެން މޫދު އޮންނަ ގައުމަކަށްވާއިރު، މޫދު ކުޅިވަރުތަކަށް ދިވެހި ޒުވާނުންގެ ޝައުޤުވެރިކަން އިތުރުކުރުމަކީވެސް މިމުބާރާތް ބޭއްވުމުގެ އެއް އަމާޒު އެ ރިސޯޓުން ބުނޭ. ފޮޓޯތައް: ސޮނެވާފުށި

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.