ތިބާ އަމިއްލަ ނަފުސަށް ގެއްލުން ދިނުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް! އެއީ ކުށެއް!

މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ. މިހާދިސާގައި ބޭނުންކޮށްފައިވާ ތަންތަނާއި ނަންނަމަކީ އަސްލެއް ނޫނެވެ.

ކޮންމެ އިންސާނަކުވެސް މިދުނިޔެއަށް ނޭވާލަނީ ލޯބިވާ މައެއްގެ މުށުތެރެއަށެވެ. އެމައިން އެދަރިންނަށްޓަކައި އިންތިހާއަށް ލޯބިވެއެވެ. އަދި އެދަރީން ބަލާ ބޮޑު ކުރަނީވެސް ވަރަށް ލޯބިންނެވެ. އެދަރިންނަށް މުސްތަޤްބަލެއް ހޯދައި ދިނުމަށްޓަކައި ދުވާލައި ރޭގަނޑު ވަރަށް ބުރަ މަސައްކަތްތަކެއް އެމައިން ބަފައިން ކުރެއެވެ. އަދި އެދަރިންނަށް އެންމެ ފުރިހަމަ ލޯތްބާއި އަޅާލުން ދީގެންނެވެ.  ދަރިން އުފާކޮށްދިނުމަށްޓަކައި އެމައިންގެ ލޯތްބާއި އުފާ ގުރުބާންކުރެއެވެ. ދަރިން ދުވަހަކު ވެސް މައިންބަފައިންނަކަށް ބޮޑެއް ނުވާނެއޭ މީހުން ބުނެ އުޅެނީ ސަަބަބެއްނެތިއެއް ނޫނެވެ. ދަރިން މަައިންނާއި ކިތަންމެ ދުރުގައި ވިޔަސްް މައިން ދަރިންނަށް ދިމާވާ ހުރިހާ އުފަލާ ހިތާމައެއްގައިވެސް ބައިވެރިވެއެެވެ. ދަރިން ޒަވާޖީ ހަޔާތެއް ފެށިކަމުކައިވިއަސް މައިބަފައިން އެދަރިނ ދެކެވާ ލޯބި ބީވެގެންނެއް ނުދެއެވެ.

ފަޒުލާާ އަކީވެސް މިފަދަ މައެއްގެ ދަރިއެކެވެ. މައިންބަފައިންގެ ފަރާތުން ފުރިހަމަ އަޅާލުމާއި ލޯބި ލިބެގެން މިއަދާއި ހަމައަށް ހިނިތުންވުމާއި އުފާވެރިކަން މޫނުމަތިން ބަބުޅަމުން އައިި އަންހެނެކެވެ. ފިރިހެނުންގެ ހިތްތައް ކަތިލާފަދަ ރީތި ހަށިގަނޑެއްގެ ވެރިއެކެވެ. މައިންބަފައިން އެންމެ އުފާވާ ދުވަހަކީ އެމައިންގެ ދަރިން ޒަވާޖީ ހަޔާތެއް ފަށާނެ ދުވަހަކަށެވެ. އެގޮތުން ފަޒުލާާ އާއި އިޝާން ވަނީ އުފާވެރި ދިރިއުޅުމެއް ފަށާފައެވެ. އޭނާ ދިރިއުޅުމެއް ފެށީވަރަށް އުންމީދާއެކުގައެވެ. މި ދިރިއުޅުން    ވަރަށް އުފަލާއެކު 11 އަހަރާއި 10 މަސްދުވަސް ދުވަހުގެ ދިގު ރާސްތާއެއްވަނީ ކަޑަތުކޮށްފައެވެ. މި ދިރިއުޅުމުގެ ތެރޭގައި މި ދެމަފިރިންނަށް ވަނީ ލޯބި ލޯބި 04 ކުދިން ލިބިފައެވެ. ފަޒުލާގެ އަބަދުވެސް އުންމީދަކީ މިދިރިއުޅުން މި ގޮތުގައި ދެމިހުރުމެވެ. އެހެންނަމަވެސް ކަމެއް ދިމާވާނީ ބުނެފައެއްނޫނޭ މީހުން ބުނެއުޅެއެވެ.

އޭގެ ދުވަތަސްތަކެއް ފަހެވެ. 2014 އަހަރުގެ ފަހުކޮޅު ވެގެންދިޔައީ ފަޒުލާގެ ދިރިއުޅުމަށް ވަރަށް ވެސް ހިއްދަތި ދުވަސްތަކެއްގެ ގޮތުގައެވެ. ފަޒުލާގެ ހިތަށްވެސް ނާރާ ވަރަށްގިނަ ކަންތައްތަކެއް ކުރިމަތިވެގެން ދިޔައެވެ. އެއްދުވަހެއްގެ ހެނދުނު ފަޒުލާ ގެ ހިތަށް ވަރަށް އަސަރުކުރުވަނިވި ޚަބަރެއް ލިބުނެވެ.  އޭނާ ވަރަށް ލޯބިވާ އަދި އިތުބާރުކުރަމުން އައި އޭނާގެ ލޯބިވާ ފިރިމީހާގެ އެހެން އަންހެނަކާ ލޯބީގެ ގޮތުން ގުޅުމެއް އޮންނަ ވާހަކަ އެއެވެ. މައުލޫމާތު ލިބެނީ އެއީ އޭނާގެ ފިރިމީހާ އާއި އެން އޮފީހެއްގެ މަސައްކަތް ކުރާ އަންހެން ކުއްޖެއްކަމެވެ. އޭގެ ފަހުން އިޝާން ފަޒުލާއާ އެއްވެސް ވަރަކަށް އަޅާލުމެއް ނުބަހައްޓައެވެ. ފަޒުލާއަށް މިކަން އެނގިއްޖެކަން އިޝާންއަށް އެނގުމާއެކު ދުވަހެއް ދުވަހަކަށް މި ލޯބީގެ ގުޅުން ދިޔައީ ދުރުވަމުންނެވެ. ބަލިވިޔަސް އެއްވެސް އަޅާލުމެއް ނުހުރެއެވެ. ގޭތެރޭގައި ވާހަކަ ދައްކާނެ އަޅާލާނެ މީހެއް ވެސް ނެތެވެ. ގޭގައި އިންނަށްޖެހެނީ ވަރަށްވެސް ފޫހިވެފައެވެ. އަބަދުވެސް ޖެހެނީ ދިރިއުޅުމާއި ދޭތެރޭ ވިސްނަން ގޭގައި އެކަނިިމާ އެކަނި ވަގުތަށް ހޭދަކުރާށެވެ. މިގޮތަށް ކަންތަށް ވާންފެށުމުން މިގޮތަށް އަބަދު ވިސްނަން އިނުމަށްވުރެ ގެއިން ބޭރަށް ނިކުމެލާ އުޅުމަށް ފަޒުލާގެ ހިތް އެދެމުންް ދިޔައެވެ. އޮގޮތުން ގޭދޮރުމަތީގައި ހުންނަ ރައްޓެއްސެއްގެ ގެއަށް ގޮސް ވަގުތުތަށް ހޭދަކުރެއެވެ. އެއީ ގޭތެރޭގައި މިހެން ފޫހިވެފަ އިންނަށްޖެހޭތީއެވެ. އެކަމަކު މިކަމުން ވެސް ފަޒުލާ އަކަށް ހިންހަމަޖެހުމެއް ނުލިބުނެވެ. އެގައަށް ދާކަން އެގުމުން އިޝާންގެ މަންމަ ފަޒުލާއަށް ވަރަށް އެޗެހި ކިޔާހަދައެވެ.

މިގޮތުގައި ރޭގަނޑުގެ ވަގުތުތައް ހޭދަކުރަމުންދެއެވެ. މިގޮތުން އެއްރެއަކު ފަޒުލާ ދަރިން ނިއްދަވާފައި އޭނާގެ ރަހުމަތްތެރިޔާ ގެ ގެއަށް ދިޔަ ރެއެކެވެ. މި ރެއަކީ އަނެއްކާވެސް ފަޒުލާއަށް އާ ކަމަކާއި ކުރިމަތިލާންޖެހޭ ބިރުވެރި ރެއަކަށް ވެގެން ދިޔައެވެ.  ރަޚުމަތްތެރިޔާގެ ގެއަށްގޮސް އެގެއިން ނިކުމެގެން ފަޒުލާ ް އެނބުރި ގެއަށް ވަންނަން އައިއިރު ދޮރުމަތީގައި އަތްއަޅައިގެން ގެއަށް ނުވަދެވޭ ގޮތަށް ދޮރުމަތީގައި އިޝާންގެ މަންމަ ހުއްޓެވެ. އެހެންކަމުން ގިނައިރުތަކެއް ވަންދެން ގެއަށް ނުވަދެ މަގުމަތީގައި ހުންނަށް ޖެހުނެއެވެ. މިކަމުން އެއްވެސް ކުރިއެރުމެއް ނުލިބުމުން ފަޒުލާ ނިންމީ އޭނާގެ ރަޙްމަތްތެރިޔާގެ ގެއަށް ގޮސް އެރޭ މަޑުކުރުމަށެވެ. ނަމަވެސް މިކަން އިޝާން އަށް އެނގުމުނެް އަނެއް ދުވަހު ހެނދުނު އެނބުރި ގެއަށް ދިއުމަށް ފަޒުލާ ގާތު އިޝާން އެނދުނެވެ. ނަމަވެސް ފަޒުލާ އެދުނީ އިޝާންގެ ގެ ނޫން އެހެން ގެއަކަށް ބަދަލުވާށެވެ.  ނަމަވެސް އިޝާން ބޭނުންވީ އޭނާގެ ގެއަށް ފަޒުލާ ގެންދިޔުމަށެވެ. މިގޮތުން އިޝާން ތަކުރާރުކޮށް އެދުމުންވެސް ފަޒުލާ ދިޔައީ އިޝާންގެ ގެއަށް ނުދާން އިންކާރުކުރަމުންނެވެ. އެހެންނަމަވެސް އެކަމަކަށް އެއްވެސް ބަދެލެއް ނައުމުން 2015 ފެބުރުއަރީ 24 ގައި އިޝާން ފަޒުލާ ވަރިކުރިއެވެ.

އިޝާން ފަޒުލާ ވަރިކުރިތާ މާގިނަ ދުވަސް ތެކެއް ނުވެއެވެ. އޭގެ އެއްހަފްތާ ފަހުން ފަޒުލާ ބޭނުންވީ އިޝާންގެ ގެއަށޑް އެނބުރި ދިއުމަށެވެ. ދަރިންގެ ހައްޤު ގައެވެ. ފަޒުލާގެ މި އެދުމަށް އިޝާން މަރުހަބާ ކިއެވެ. އަދި ފަޒުލާ އެނބުރި ގެއަށް އައުމުން އިޝާން އޭނާގެ މަންމަ ކައިރީގައި ފަޒުލާ އާއި ދިމާލަށް އެއްވެސް އެެއްޗެއްް ނުބުނުމަށް އެދުނެވެ. ނަމަވެސް އޭގެ ފަހުންވެސް ކުރިއެކޭ އެއްގޮތަށް އިޝާންގެ އާއިލާ އެއްވެސް މީހަކު ފަޒުލާއާއި ވާހަކައެއް ނުދައްކައެވެ.  އެފަދަ ހާލެއްގައި އުޅެން ޖެހުނަސް ފަޒުލާާ ބޭނުންވީ އިޝާންއާއި އެއްކޮށް ދިރި އުޅުމަށެވެ. ވަރިކުރުމަށްފަހު ކައިވެނި ރުޖޫއަ ކުރަން ފަޒުލާ ބޭނުންވިއެވެ.  ކައިވެނީގެ ގުޅުން ބަދަހި ކުރުމަށް ފަޒުލާ އެދުމުން އިޝާން އެކަމަށް އިންކާރު ކުރިއެވެ.  އޭގެ ބަދުލުގައި އިޝާން ދިޔައީ ފަޒުލާއާއި ދިމާލަށް ހަޑިހުތުރުބަހުން އެއްޗެހި ކިޔަމުންނެވެ. ކުރާނެ ހަމަ އެއްވެސް ކަމެއް ނެތެވެ. ހަމަަހިމޭން ކަންމަތީ ހުރުން ނޫން އެއްވެސް ކަމެއް ފަޒުލާއަކަށް މިއަދު ނެތެވެ. ފަޒުލާާ އަށް ހަމަ އެކަނި ދަރިން ބެލުން ނޫން އިތުރު ކަމެއް މި ދުނިޔޭގައި ނެތް ކަހަަލައެވެ. އަދި ފަޒުލާގެ ހިތަށް އަރަމުން ދިޔައީ އޭނާއަކީ ދުނިޔެއިން ބޭކާރު މީހެއްގެ ގޮތުގައެވެ.

މިހުރިހާ ކަމަކާމެދު ފަޒުލާ ވަރަށް ވިސްނާ ވިސްނާ ބޯ ހަލާކުވިއެވެ.  މިގޮތުން 2015 މާރިޗު 12 ވަނަ ދުވަހު ހެނދުނު 7:30 ހާއިރު ބާރުގަދަ ބޭސްތަކެއް ފަޒުލާ ބޭނުން ކުރިއެވެ.  އެދުވަހު ހެނދުނު އިޝާން އަށް ހޭލެވުނުއިރު ފަޒުލާ ވަނީ ބޭސްތައް ކައިގެން ފިޓްޖެހިފައެވެ.  އެވަގުތު އިޝާން އަވަސް ވެގަތީ ފަޒުލާ ހޮސްޕިޓަލަށް ގެންދިޔުމަށެވެ. ނަަމވެސް ހޮސްޕިޓަލުން ބެލި ޑޮކްޓަރަށް އެކަން އެހާ ސީރިޔަސް ނުވުމުން އައި.ވީ އެއްގުޅާފައި ބޭއްވިއެވެ. ނަމަވެސް ހަވީރު ވެގެން ދިޔައިރުވެސް ފަޒުލާ ރަނގަޅެއް ނުވިއެވެ.  އެހެންކަމުން ޑޮކުޓަރުން އިތުރަށް ބެއްލެވުމަށްފަހު ޓެސްޓުތައް ހެދިއެވެ. ޓެސްޓްތަކުގެ ނަތީޖާއިން ދެއްކީ ފަޒުލާ ބާރުގަދަ ބޭސްތަކެއް ކައިފައިވާކަމެވެ.  އޭރު ފަޒުލާގެ ހާލު ދިޔައީ އިތުރަށް ގޯސްވަމުންނެވެ. އެހެންކަމުން އައި.ސީ.ޔޫ ގައި ބާއްވައިގެން އިތުރަށް ފަރުވާ ދެމުން ގެންދިޔައެވެ. ޑޮކްޓަރުގެ ރިޕޯރޓްތަކުން އެގޭ ގޮތުގައި ލައިލާ 50 އާއި 70 އާއި ދެމެދުގެ އަދަދަކަށް ބޭސްވަނީ ކައިފައެވެ. މިބަލި ހާލުގައި ފަޒުލާ ހޮސްޕިޓަލުގައި  ދުވަސްތަށް ހޭދަކުރަމުން ދިޔައިރުވެސް އޭނާގެ ފިރިމީހާ އިޝާންގެ އެއްވެސް އަޅާލުމެއް ނުލިބުނެވެ. އޭނާގެ ފިރިމީހާއަށް ވުރެ ފަޒުލާގެ ކޮއްކޮ އާއި ކޮއްކޮ ފިރިމީހާގެ ފަރާތުން އަޅާލުން ލިބެމުން ދިޔައެވެ.

މިބަލީގައި ފަޒުލާ ދެހަފްތާ ވަންދެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދިޔައެެވެ. އަދި މިފަރުވާގެ އިތުރުން ފަޒުލާއަށް ވަނީ ކައުންސިލިންވެސް ދީފައެވެ. ދެ ހަފުތާއެއް ހާ ދުވަހު މި ބަލީގައި ހޭދަކުރުމަށްފަހު ފަޒުލާ ގެއަށް ބަދަލުކުރިއެވެ. އަދި ބަލިން ރަނގަޅުވުމަށްފަހުވެސް ފަޒުލާ އުޅެމުން ދިޔައީ އިޝާންމެންގެ ގޭގައެވެ. މިހުރިހާ ކަމެއް ވެގެން ދިޔައިރުވެސް ވަކި އެއްވެސް ބަދަލެއް އިޝާންއަކަށް ނާތެއެވެ. ކުރިއެކޭ އެއްގޮތަށް އިޝާން ރުޅިއައުމުން ދަރިން ކުރިމަތީގައި ވެސް ލައިލާ އާއި ދިމާލަށް ހަޑިހިތުރުބަހުން އެއްޗެހި ގޮވަައި ހަދައެވެ. ނަމަވެސް އެއްވެސް ކަމެއް އަބަދު އެއްގޮތަކަށް ނުވެދާނެއެވެ.  ހާލަތު ބަދަލުވާނެއެވެ. ހޮސްޕިޓަލުގައި އޮތްއިރު ފަޒުލާއަށް އަށް ް ކައުންސިލް ދިނުމާއި ގުޅިގެން ދިމާވާ ކަންތައްތަކާއި ކުރިމަތިލުމުގެ ހިއްވަރު ފަޒުލާއަށް ވަނީ ލިބިފައެވެ. ހިގައި ދިޔަ ހާދިޘާގެ ފަހުން އަމިއްލަ ނަފްސަށް ގެއްލުމެއް ލިބޭފަތަ އެއްވެސް އަމެލެއް ނުކުރުމަށް ފަޒުލާ އަޒުމް ކަނޑައެޅިއެވެ. އަދި ފަޒުލާއަށް އެދުވަހުގެ ފަހުން މިނޫން ދުނިޔެއެއްގަ ދިރިއުޅެންޖެހޭކަމާއި ،  ހެއްދެވި ފަރާތެއްވާކަން އެގުނެވެ.

……………………………………………

އަޅުގަނޑުމެންގެ މުޖުތަމަޢުގައި މާޔޫސްވެ އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ މިބަލި ޖެހުމުން ގިނަމީހުން ފަރުވާއަށް އަންނަނީ ދިރިނޫޅެވޭވަރުވެ، އަމިއްލައަށް މަރުވުމުގެ ހިޔާލު އަންނަން ފެށުމުންނެވެ. މިކަމުގެ ހޭލުންތެރިކަން ނެތުމުގެ ސަބަބުން ބައްޔާމެދު ރައްކާތެރިވެ ބަލީގެ ކުރީކޮޅު ފަރުވާ ލިބިގަތުމަށް ގިނަ މީހުންވަނީ ނުކުޅެދިފައެވެ. ހިތާމައަކީ ބައެއް ފަރާތްތަކުން ފަރުވާ ހޯދުމަށް އަންނައިރު، ބަލިބޮޑުވެ ނަފްސާނީ ބޭސް ނަގަންޖެހި އެތައްދުވަހަކު ފަރުވާގައި އުޅެން ޖެހުމެވެ. އަދި ބަލިމީހާއާއެކު ޢާއިލާއިންވެސް ތުރާތައް ތަހައްމަލުކުރަން ޖެހުމެވެ.

މިބައްޔަކީ ޝިފާ ހޯދޭނެ ބައްޔަކަށް ވީނަމަވެސް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 222 ވަނަ މާއްދާގައި، އަމިއްލައަށް މަރުވާން އުޅުން ކުށްވެރި ކޮށްފައިވެއެވެ. އެމާއްދާގައި އެވާހަކަ އެގޮތަށް ބަޔާންކޮށްފައި އޮތީ، އަމިއްލައަށް މަރުވުމަކީ ކުށެއް ކަމަށް މިޤާނޫނުގައި ކަނޑައަޅައިފައި ނޯންނާތީއެވެ. އަމިއްލައަށް މަރުވުމަކީ ދީނީ ގޮތުންނާއި، އަޚްލާޤީ ގޮތުން ކުށެއް ކަމަށްވީނަމަވެސް، ޖިނާއީ ޤާނޫނުގެ ބޭނުމަށް އެއީ ކުށެއްކަމަށް ހެދުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. އެއީ، މީހަކު އަމިއްލައަށް މަރުވާން އުޅެގެން އެކަން ކާމިޔާބު ކޮށްފިނަމަ، އެމީހާ އޮންނާނީ މަރުވެފައެވެ. އެޙާލަތުގައި އެމީހާގެ މައްޗަށް ދަޢްވާއެއް ކުރާކަށް، އޭނާ ދުނިޔެއަކު ނުހުންނާނެއެވެ. މި ކަންކަމާމެދު ފުންކޮށް މިއަދު ވިސްނާލަން ޖެހެއެވެ. އެހެނީ ތިބާ އަމިއްލަ ނަފުސަށް ގެއްލުން ދިނުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެއީ ކުށެކެވެ.  އަމިއްލަ ނަފްސަށް ގެއްލުން ނުދެމާތޯއެވެ.

………………………………………

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.