ގޮއިދޫ ސްކޫލުގައި ރޮބޮޓިކްސް ކުލާހެއް ހިންގައިފި

ބ. ގޮއިދޫން؛ މާދިހް ވަޖީހު

ބ. ގޮއިދޫ ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ރޮބޮޓިކްސް ކްލާހެއް ހިންގައިފި އެވެ.

މި ކްލާހުގައި ތަފާތު ޕްރޮގްރާމުތައް ކޮމްޕިއުޓާ ސޮފްޓްވެއާގެ އެހީގައި ލިޔަން ދަސްކޮށްދިނުމުގެ އިތުރުން ޕްރޮގްރާމްތައް އާޑިނޯއަށް އަޅަން ދަސްކޮށްދީ އަމަލީގޮތުން ބޭނުން ކުރާނެ ގޮތްވެސް ދަސްކޮށްދީފައިވެ އެވެ.

އެގޮތުން އޮޓޯމެޓިކުން ގޭގެ ބޮކިތައް ނިވިދިއްލޭގޮތް ހެދުމާއި ރިމޯޓް ބޭނުންކޮށްގެން ބޮކި ދިއްލާ ގޭގެ ދޮރުހުޅުވާ ހަދަން ދަސްކޮށްދީފައިވެ އެވެ. މީގެ އިތުރުން ލަވައިގެ މިއުޒިކަށް ސްޓޭޖުގެ ބޮކިތައް ނިވިދިއްލޭގޮތަށް ހަދަން ދަސްކޮށްދިނުމާއި ބެތްރީ ބޭނުންކޮށްގެން ކާރު ދުއްވާއިރު ސެންސަރެއްގެ އެހީގައި ކުރިމަތީގައި އޮންނަ އެއްޗަކާއި ވަކިވަރަކަށް ކައިރިވުމުން އަމިއްލައަށް މަޑުކޮށް، އޮތް އެންމެ ހުސްދިމާލަކަށް ކާރު ދާގޮތަށް ހަދަން ދަސްކޮށްދީފައިވެ އެވެ. މިހެން ހެދުމުން އެކްސިޑެންޓްތައް މަދުކުރެވިދާނެކަމަށް ރޮބޮޓިކްސް ކުލާހުގެ ބައިވެރިން ގަބޫލުކުރެ އެވެ.

އޭޕްރިލް 11 އިން 26 ގެ ނިޔަލަށް އެ ސްކޫލުގައި ބޭއްވި މި ޕްރޮގްރާމު ނިންމާލުމުގެ ގޮތުން ވަނީ ދަރިވަރުން ތައްޔާރުކުރި ތަކެތި ދައްކާލުމުގެ މައުރަޒެއް ބާއްވައިފަ އެވެ. މައުރަޒު ބަލާލުމަށް ގިނަ އަދެއްގެ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.

ގޮއިދޫ ސްކޫލާ ގުޅިގެން މި ޕްރޮގާމު އެ ސްކޫލުގެ ދަރިވަރުންނަށް ހިންގައިދިނީ ސްރީލަންކާގައި އިލެކްޓްރިކް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރައްވަމުން ގެންދަވާ، އެ ރަށު، މީނާޒް، ޢަލީ ނިޔާޒެވެ.

ރޮބަޓިކް ކްލާހުގެ ބައިވެރިއެއް ކމަށްވާ އަހްސަން ބުނީ މި ކްލާހުން ތަފާތު އާ ކަންތައްތަކެއް ދަސްވި ކަމަށާއި މިފަދަ ކަމެއް ދަސްކޮށްދިނީތީ އަލީ ނިޔާޒް ސާ އަށް ޝުކުރުއަދާކުރާ ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި ވެސް ސްކޫލުން މިކަހަލަ ތަފާތު ޕްރޮގްރާމްތައް ހިންގާނެ ކަމަށް އުއްމީދުކުރާ ކަމަށް އަހްސަން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.