
އޭދަފުށީގައި މިދިޔަ ހަފްތާ ބަންދު އަޅުވަން ނިންމި“40+” އާއި “ނަފްރަތުވުމުން” ފިލްމް ހަފްތާ ބަންދު އަޅުވާގޮތަށް ފަސްކޮށްފި އެވެ.
“40+” އަކީ 2016 ގައި ޔޫސުފް (ޔޫއްޕެ) ޝަފީއު ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅުނު ކޮމެޑީ ފިލްމު “ނޯޓީ 40” ގެ ދެވަނަ ބައެވެ. އެކަމަކު މި ފަހަރު މިއީ ހޮރޯ ކޮމެޑީއެކެވެ.
ލޯބީގެ އަސަރުގަދަ ވާހަކައަކަށް ހަދާފައިވާ ފިލްމު “ނަފުރަތުވުމުން” ގެ މަންޒަރުތައް ނަގާފައިވަނީ މިއަތޮޅު ދަރަވަންދޫގަ އެވެ. ފިލްމުގެ މައިގަނޑު ތަރިންނަކީ މަރިޔަމް އައްޒަ، އަލީ (ދޮންއައްޔަ) އާޒިމް އަދި އަހުމަދު (އާނަންދު) އީސަ އެވެ. މީގެ އިތުރުން ޔޫއްޕެ ވެސް “ނަފުރުތުވުމުން” ގެ ރޯލަކުން ފެނިގެން ދާނެ އެވެ. މި ފިލްމް އޭދަފުށީގައި އަޅުވާނީ އަންނަ ހުކުރު ދުވަހުގެރެ އެވެ.
ފިލްމު އެޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކްލަބް ދަ ބިގިނާސް (ޓީބީ) އިން ބުނީ ފިލްމްގެ ޓިކެޓް ބުކްކޮށް ދެމުން ވިއްކަމުން އަންނަ ކަމަށެވެ. ގުޅަން ޖެހޭ ހޮޓްލައިނަކީ 7904426 އެވެ.