ސޫރަތުލް ޙުޖުރާތުގެ ތަފްސީރު

ޑރ. މުހައްމަދު އިޔާޒު އަބްދުﷲ ލަތީފް

މިއީ މަދަނީ ސޫރަތެކެވެ.

މައްކީ ސޫރަތަކީ: ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާ އަށް ހިޖްރަ އަށް ވަޑައިގެންނެވުމުގެ ކުރިން ބާވާލެއްވުނު ސޫރަތް ތަކަށެވެ.

މައްކީ ސޫރަތްތަކުގެ ޚާއްޞިއްޔަތުތައް:

  1. މުޝްރިކުން އެކަމަކަށް އިންކާރު ކުރާ ތަވްޙީދުލް އުލޫހިއްޔާ އަށް ގޮވާލުން.
  2. ﷲ ފިޔަވާ އެހެން ފަރާތަކަށް ދެންނެވުމުގެ ނުބައިކަމުން މީސްތަކުންނަށް އިންޛާރު ދެއްވުން. ސޫރަތު ޔޫނުސްގެ 106 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.(وَلَا تَدْعُ مِن دُونِ اللَّـهِ مَا لَا يَنفَعُكَ وَلَا يَضُرُّ‌كَ ۖ فَإِن فَعَلْتَ فَإِنَّكَ إِذًا مِّنَ الظَّالِمِنَ) މާނައަކީ: “އަދި اللَّه ފިޔަވައި ކަލޭގެފާނަށް މަންފާއެއް ނުދެވޭ، އަދި ކަލޭގެފާނަށް ގެއްލުމެއްވެސް ނުދެވޭ ތަކެއްޗަށް، ކަލޭގެފާނު އަޅުކަން ނުކުރައްވާށެވެ! ފަހެ، ކަލޭގެފާނު އެކަންކުރައްވައިފިނަމަ، ހަމަކަށަވަރުން، އޭރުން ކަލޭގެފާނު ވާނީ އަނިޔާވެރިވި މީހުންގެ ތެރެއިންނެވެ.”
  3. ﷲ އާއި ކުއްތަންވުމުގެ ގޮތުންނޭ ބުނެ ވަލީވެރިންގެ ކިބައިން ޝަފާޢަތަށް އެދޭ އެދުން ހުއްޓާލުމަށް ގޮވާލެއްވުން. ސޫރަތު ޔޫނުސްގެ 18 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ) މާނައަކީ: “މި ތަކެއްޗަކީ، اللَّه ގެ حضرة ގައި ތިމަންމެންނަށް شفاعة ތެރިވާނޭ ތަކެއްޗެވެ.”
  4. އާޚިރަތް ދުވަހަށް އީމާން ވުމަށް ގޮވާލެއްވުން.
  5. ޢަރަބިންގެ ފަޞާޙާތްތެރި ކަމާއި އެކުވެސް ގުރްއާނާއި އެއްފަދަ އެއްޗެއް ނުގެނެވޭނެ ކަމަށް ޢަރަބިންނަށް ޗެލެންޖު ކުރެއްވުން. ސޫރަތު ޔޫނުސްގެ 38 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (أَمْ يَقُولُونَ افْتَرَ‌اهُ ۖ قُلْ فَأْتُوا بِسُورَ‌ةٍ مِّثْلِهِ وَادْعُوا مَنِ اسْتَطَعْتُم مِّن دُونِ اللَّـهِ إِن كُنتُمْ صَادِقِينَ) މާނައަކީ: “އަދި ކިއެއްތަ! (އެ قرآن (އެއީ، އެކަލޭގެފާނު ހައްދަވައިގެން އުޅުއްވާ އެއްޗެއްކަމަށް އެއުރެން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، اللَّه ފިޔަވައި ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބަޔަކަށް ގޮވައިގެން ނަމަވެސް، އެއާ އެއްފަދަ سورة އެއް ނިކަން ގެނެސްބަލާށެވެ!”
  6. އިސްވެދިޔަ އުއްމަތްތަކުގެ މީހުންގެ ތެރެއިން ދޮގު ކުރި މީހުންގެ ޚަބަރުތައް ވާރިދުވެފައިވުން.
  7. ކެތްތެރިވުމަށް ބާރު އަޅުއްވާފައިވުން.

މަދަނީ ސޫރަތަކީ: ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާ އަށް ހިޖްރަ އަސް ވަޑައިގެންނެވުމަށްފަހު ބާވާލެއްވުނު ސޫރަތްތަކެވެ.

މަދަނީ ސޫރަތްތަކުގެ ޚާއްޞިއްޔަތުތައް:

  1. ﷲ ގެ މަގުގައި ޖިހާދު ކުރުމަށް ހިތްވަރުދެއްވާފައިވުން.
  2. އިސްލާމްދީނުގެ ޙުކުމްތަކާއި ޙުދޫދު ތަކުގެ ވާހަކަތައް ބަޔާން ކުރައްވާފައިވުން.
  3. މުނާފިގުންގެ ވާހަކަތައް ބަޔާން ކުރައްވާފައިވުން.
  4. ހަނގުރާމަ ތަކުގައި މުސްލިމުންނަށް ނަޞްރު ދެއްވި ކަމުގެ ޚަބަރުތައް އައިސްފައިވުން. ސޫރަތު އާލު ޢިމްރާންގެ 123 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَقَدْ نَصَرَ‌كُمُ اللَّـهُ بِبَدْرٍ‌ وَأَنتُمْ أَذِلَّةٌ ۖ فَاتَّقُوا اللَّـهَ لَعَلَّكُمْ تَشْكُرُ‌ونَ) މާނައަކީ: ” ހަމަކަށަވަރުން، ތިޔަބައިމީހުން ނިކަމެތީން ކަމުގައިވަނިކޮށް، بدر ހަނގުރާމައިގައި اللَّه، ތިޔަބައިމީހުންނަށް نصر ދެއްވިއެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުން شكر ވެރި ވުމަށްޓަކައެވެ.”

މި ސޫރަތަށް ނަން ކިޔުނު ގޮތް:

މި ސޫރަތަށް “ސޫރަތުލް ޙުޖުރާތޭ” ކިޔުނު ސަބަބަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ގަނޑުވަރު ތަކުގެ ޙުރުމަތްތެރިކަން ބަޔާން    ކުރައްވާފައިވާތީއެވެ. އެ ގަނޑުވަރުތަކަކީ އެކަލޭގެފާނުގެ އަނބިކަބަލުންތައް ދިރިއުޅުއްވާ ގަނޑުވަރުތަކެވެ.

  މި ސޫރަތުގައި މުސްލިމުންގެ އަޚްލާގިއްޔާތު ބަހައްޓަން ޖެހޭނެ ގޮތް ވަނީ ބަޔާންކޮށް ދެއްވާފައެވެ. އެހެންކަމުން  ބައެއް މުފައްސިރުން މިސޫރަތަށް “ސޫރަތުލް އަޚްލާގް” ގެ ނަމުންވެސް ނަންދެއްވައެވެ.

މި ސޫރަތުގައި 5 ނިދާ އެއް އެކުލެވިގެން ވެއެވެ.

  1. (يَا أَيُّهَا الَّذِينَ آمَنُوا لَا تُقَدِّمُوا بَيْنَ يَدَيِ اللَّـهِ وَرَ‌سُولِهِ ۖ وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ سَمِيعٌ عَلِيمٌ ﴿١﴾   ) މާނައަކީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އާއި، އެކަލާނގެ رسول އާގެ حضرة ގައި ތިޔަބައިމީހުން (އެއްވެސްކަމެއްގައި) އިސްވެނުގަންނާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”
  2. 2.      (يَا أَيُّهَا الَّذِينَ آمَنُوا لَا تَرْ‌فَعُوا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ وَلَا تَجْهَرُ‌وا لَهُ بِالْقَوْلِ كَجَهْرِ‌ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَالُكُمْ وَأَنتُمْ لَا تَشْعُرُ‌ونَ) މާނައަކީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އާއި، އެކަލާނގެ رسول އާގެ حضرة ގައި ތިޔަބައިމީހުން (އެއްވެސްކަމެއްގައި) އިސްވެނުގަންނާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”
  3. 3.      (يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ ﴿٦﴾   ) މާނައަކީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް فاسق އަކު خبر އަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، حقيقة ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.”
  4. 4.      (يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ‌ قَوْمٌ مِّن قَوْمٍ عَسَىٰ أَن يَكُونُوا خَيْرً‌ا مِّنْهُمْ وَلَا نِسَاءٌ مِّن نِّسَاءٍ عَسَىٰ أَن يَكُنَّ خَيْرً‌ا مِّنْهُنَّ ۖ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَن لَّمْ يَتُبْ فَأُولَـٰئِكَ هُمُ الظَّالِمُونَ ﴿١١﴾  ) މާނައަކީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقب ތަކުން ނުގޮވާށެވެ! إيمان ވުމަށްފަހު فاسق ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ.”
  5. 5.      (يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرً‌ا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِ‌هْتُمُوهُ ۚ وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ تَوَّابٌ رَّ‌حِيمٌ ﴿١٢﴾  ) މާނައަކީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ.”

(يَا أَيُّهَا الَّذِينَ آمَنُوا لَا تُقَدِّمُوا بَيْنَ يَدَيِ اللَّـهِ وَرَ‌سُولِهِ ۖ وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ سَمِيعٌ عَلِيمٌ ﴿١)

މި އާޔަތުގައި މުޚާޠަބު ކުރައްވާފައި މިވަނީ (يَا أَيُّهَا الَّذِينَ آمَنُوا ) “އޭ އީމާންވެއްޖެ މީސްތަކުންނޭވެ” މިހެންނެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން މަސްޢޫދު ވިދާޅުވިއެވެ.[1] “މިގޮތަށް ޚިޠާބު އޮތުމުން ދޭހަވަނީހެޔޮކަމަކަށް އަމުރު ކުރެއްވުން ނުވަތަ ނުބައި ކަމެއް މަނާ ކުރެއްވުމެވެ. ވީމާ، މިނިދާ އަށް ކަނުލާ އަޑުއަހާށެވެ. އަދި އެނިދާގައިވާ ކަންތައް ފުރިހަމަ ކޮށްފިނަމަ ލިބޭނެ ކާމިޔާބާއި ނަޞީބާއި މެދުގައި ވިސްނާ ފިކުރު ކުރުމެވެ. އަދި އީމާންވީ މީސްތަކުންނަށް ޚިޠާބު އައުމުން ދޭހަވަނީ އެޚިޠާބުގައި އެކުލެވިގެންވާ އަމުރުފުޅުތަކާއި ނަހީތަކަކީ އެކަމެއް ކުރުމުން އީމާންކަން ފުރިހަމަވާ ކަންތައްތައް ކަމެވެ. އަދި އެކަންތަކަށް ފުރަގަސްދީފިނަމަ އީމާންކަން އުނިވެގެންދާ ފަދަ ކަންތައް ކަމެވެ.”

(لَا تُقَدِّمُوا) މި ތަނުގައި މަފްޢޫލު ބިހީ ވަނީ މަޙްޛޫފުވެފައެވެ. މަފްޢޫލަކީ (لا تقدموا شيئا   ) “އެއްވެސް ކަމެއް”.

މި ތަނުގައި ވަކި ކަމެއް ޚާއްޞަ ނުކުރެވި އޮތުމުގެ ޙިކްމަތަކީ: ޢާއްމު ކުރުމެވެ. އެހެނީ: ﷲ އާއި އެކަލާންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅުގެ ކުރިޔަށް އެއްވެސް ކަމެއް، އެއީ ބަހެއް ނަމަވެސް ކަމެއް ނަމަވެސް އަދި އެނޫން ކަމެއްނަމަވެސް އިސްނުކުރުމަށް އެންގެވުމެވެ. ﷲ އާއި ރަސޫލާގެ އަމުރުފުޅުގެ ކުރިޔަށް ކަންކަން އިސްކުރުމުގެ ބައެއް މިޘާލު:

  • قول النبي صلى الله عليه وسلم : « لا تقدموا رمضان بصوم يوم ولا يومين » މާނައަކީ: “ރަމަޟާން މަހުގެ އެއް ދުވަސް ނުވަތަ ދެދުވަސް ކުރިން ރޯދަ ހިފަން ނުފަށާށެވެ.” އެގޮތަށް ކަންތައްކޮށްފި މީހާ ﷲ އާއި ރަސޫލާގެ އަމުރުފުޅުގެ ކުރިޔަށް އެމީހެއްގެ ޢަމަލުތައް ނެރެފިއެވެ. އެހެނީ ރޯދައިގެ ވަގުތު ޖެހުމުގެ ކުރިން ރޯދަ ހިފަން ފެށުމެވެ. އެހެންކަމުން، ޢައްމާރު ބިން ޔާސިރު ރަޟިޔަﷲ ޢަންހު ވިދާޅުވި ބަސްފުޅެއްގައި ވެއެވެ. (من صام اليوم الذي يشك فيه فقد عصى أبا القاسم صلى الله عليه وسلم   ) މާނައަކީ: “ޝައްކުގެ ދުވަހެއްގައި ރޯދަ ހިފައިފި މީހާ އަބުލްގާސިމަށް އުރެދިއްޖެއެވެ.”
  • ބިދުޢަ ހެދުން. ބިދުޢަ ހެދުމަކީ ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅާއި އިރްޝާދުގެ ކުރިޔަށް ގޮތެއް ކިޔުމުގެ ތެރޭގައި ހިމެނޭނެ ކަމެކެވެ. ސަބަބަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވަނީ މިފަދައިންނެވެ. (عليكم بسنتي وسنة الخلفاء الراشدين المهديين من بعدي، وإياكم ومحدثات الأمور  ) މާނައަކީ: “ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ސުންނަތާއި، ތިމަންކަލޭގެފާނުގެ ފަހުން ވަޑައިގަންނަވާ ޚުލަފާއުއްރާޝިދީންގެ ސުންނަތުގައި ހިފަހައްޓާށެވެ. އަދި ދީނުގެ ތެރެއަށް އަލަށް ވެއްދޭ ކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވާށެވެ.”

އަދިވެސް ޙަދީޘް ކުރެއްވިއެވެ. (كل بدعة ضلالة) މާނައަކީ: “ކޮންމެ ބިދުޢަ އަކީ ގެއްލެނިވި ކަމެކެވެ.”  ބިދުޢަވެރިޔާ ބިދުޢަ ހެދުމުން އޭގެ މާނައަކީ ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަސްކޮށްދެއްވާފައިނުވާ ކަމެއް އޭނާ އަށް އެގުނުކަމަށް ދަޢުވާ ކުރެވުމެވެ. އަދި އޭނާ ބުނާކަހަލަ އެވެ. ޝަރީޢަތް އޮތީ ފުރިހަމަ ނުވެއެވެ. ޝަރީޢަތް ފުރިހަމަވާން އަންނަނީ އޭނާ ގެނައި ބިދުޢަ ހިމަނައިގެންނެވެ. މިއީ ﷲ ގެ ވަޙީ ބަސްފުޅާއި ކަނޑައެޅިގެން ފުށޫ އަރާ ކަމެކެވެ. ސޫރަތުލް މާއިދާގެ 3 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ މިފަދައިންނެވެ. (الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ) މާނައަކީ: ” މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ.” ވީމާ، ބިދުޢަ އަކީ ގެއްލެނިވިކަމެއްގެ އިތުރުން ﷲ ގެ ދީނަށް ފުރައްސާރަކޮށް އެދީނުގެ ފުރިހަމަ ކަމާއި މެދުގައި ސުވާލު އުފެއްދުމެވެ. އެދީންވަނީ ފުރިހަމަ ނުވެ ކަމަށް ދަޢްވާ ކުރެވުމެކެވެ.

ޢަރަބި ބަހުގައި “ބިދްޢަ” އޭ ބުނުމުން އޭގެ މާނައަކީ: ކުރިން ނެތް ކަމެއް ފެށުން ނުވަތަ އުފެދުމެވެ. ސޫރަތުލް ބަގަރާގެ 117 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (بديع السماوات والأرض) މާނައަކީ: “އެކަލާނގެއީ އިސްވެދިޔަ މިޘާލަކާއިނުލައި އުޑުތަކާއި ބިން ހެއްދެވި އިލާހެވެ”.

ޝަރްޢީ އިޞްޠިލާޙުގައި ބިދްޢައިގެ މާނައަކީ: ދީނުގައި އަޞްލެއް ނެތް ކަމެއް، އޭގެތެރެއަށް ވެއްދުމެވެ. މިޘާލަކަށް ﷲ ޛިކްރުކުރުމުގެ ގޮތުންނޭ ބުނެ (ﷲ ﷲ ﷲ) މިހެން ކިޔާ ޅެންބައިތެއްހެން ޛިކުރުކުރުން. މިއީ ޝަރީޢަތުގައި އަޞްލެއް ނުވަތަ ނައްޞެއް ކަނޑައެޅިފައިވާ ކަމެއް ނޫނެވެ. ޛިކްރު ކުރުމުގެ ގޮތުން ކުރަންވާނީ އެޛިކްރަކާއި ބެހޭގޮތުން ނައްޞެއް އައިސްފައިވާ ޛިކްރުތަކެވެ. (ނުނިމޭ)


[1]  عبد الله بن مسعود الصحابي الجليل، فقيه الأمة، حليف بني زهرة وأحد أوائل المهاجرين حيث هاجر الهجرتين وصلى على القبلتين، وأول من جهر بقراءة القرآن. تولى قضاء الكوفة وبيت المال في خلافة عمر وصدر من خلافة عثمان. أخذ ابن مسعود من في رسول الله سبعين سورة، وكان كثير الشغف بالقرآن حتي عرف بأنه أول من جهر بالقرآن بمكة. وقال : (من أحب أن يسمع القرآن غضا كما أنزل فليسمعه من ابن أم عبد).

لقد قال فيه علي : (لقد قرأ القرآن فأحل حلاله وحرم حرامه فقيه في الدين عالم بالسنة). وقد روى الشيخان في صحيحيهما والترمذي من حديث عبد الله بن عمرو إنه قال لما ذكر عنده ابن مسعود فقال ذاك رجل لا أزال أحبه بعدما سمعت رسول الله يقول (استقرئوا القرآن من أربعة – ابن مسعود وسالم مولى أبي حذيفة وأبي بن كعب ومعاذ بن جبل) ولم يكن عبد الله بن مسعود عالما فحسب بل كان مع العلم العبادة فهو القائل القلوب أوعية فاشغلوها بالقرآن وهو القائل ليس العلم بكثرة الرواية ولكن العلم الخشية

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.