މުބާރާތް ފެށި މެޗުން މާޅޮހު މާރެސް ބަލިވެއްޖެ

މި އަހަރުގެ ޒޯން ވޮލީ މުބާރާތުގެ ފުރަތަމަ މެޗުގައި ބ. މާޅޮހު މާރެސް ޓީމާއި ޅ. ނައިފަރު އިފްތިތާޙު އިސްދަރިވަރުންގެ ޖަމިއްޔާ އިއްޔެ ހަވީރު ބައްދަލު ކުރި މެޗު ޅ. ނައިފަރު އިސްދަރިވަރުންގެ ޖަމިއްޔާގެ ޓީމު ކާމިޔާބު ކޮށްފި އެވެ.އިއްޔެ ހަވީރު ކުޅުނު މި މެޗު އިފްތިތާޙު ޓީމު ކާމިޔާބު ކުރީ ފޯރިގަދަ އަދި ވާދަވެރި ކުޅުމަކަށް ފަހު 3 ސެޓު 2 ސެޓުން ކަމަށް މާރެސް ޓީމާއެކު ނައިފަރަށް ދުރުވެ ހުންނެވި މާރެސް ޖަމިއްޔާގެ މި ދައުރުގެ ކުޅިވަރު ސެކްރެޓަރީ ޔޫސުފް ޢަބްދުއްރަޙްމާން އީޓީ އަށް ކިޔައިދެއްވި އެވެ.

“އަޅުގަނޑުމެން ޓީމު (މާރެސް ޓީމު) ވަރަށް ހިތްވަރު ކުރި މޮޅުވާން. އެކަމަކު ހެދުނު ބައެއް މިސްޓޭކުގެ ސަބަބުން ބަލިވީ. އިރާދަ ކުރެއްވިއްޔާ މާދަމާ މެޗުން މޮޅުވާނެ،” މާރެސްގެ ކުޅިވަރު ސެކްރެޓަރީ ޔޫސުފް ޢަބްދުއްރަޙްމާން ވިދާޅުވި އެވެ.

ހުކުރު ދުވަހު ފަށަން އޮތް މުބާރާތް ހޮނިހިރު ދުވަހަށް ލަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

މި އަހަރުގެ އަތޮޅު މުބާރާތުގައި މި އަތޮޅުން ބައިވެރިވެފައި ވަނީ ހަމައެކަނި މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރެންމެންޓް ސޮސައިޓީ (މާރެސް)ގެ ޓީމު ކަމަށް ވާތީ، އަތޮޅު މުބާރާތް ނުކުޅެ އެ ޓީމު ވަނީ އޮޓަމެޓިކުން ޒޯނަށް ކޮލިފައިވެފަ އެވެ.

އަދި ޒޯން މުބާރާތުގައި ބައިވެރިވެފައި ވަނީ މާރެސް ޓީމާއި އިފްތިތާޙު އިސްދަރިވަރުންގެ ޓީމު ކަމަށް ވާތީ، ޒޯން ޗެމްޕިއަން ޓީމު ހޮވާނީ މި ދެ ޓީމުގެ މެދުގައި 3 މެޗު ކުޅުމަށް ފަހު 2 މެޗުން މޮޅުވާ ޓީމެކެވެ.

2007 ވަނަ އަހަރު ބޭއްވި އަތޮޅު ވޮލީ މުބާރާތުގައި މާރެސް ޖަމިއްޔާ ވަނީ ރަނަރ އަޕް ހޯދާފަ އެވެ. އެއީ މާރެސް ވުޖޫދަށް އައި ފަހުން ބައިވެރިވި ފުރަތަމަ ވޮލީ މުބާރާތް ވެސް މެ އެވެ. އެ އަހަރުގެ އަތޮޅު ޗެމްޕިއަން ޓީމަކީ މާޅޮހު މާރސް ޖަމިއްޔާގެ ޓީމެވެ.

— މުޙައްމަދު އަފްރާޙް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.