ކަލާސް އެވޯޑްގައި މިއަހަރު ވެސް ގޮއިދޫ ކުދިން ވިދާލައިފި

ކަލާސް އެވޮޑް ހާސިލުކުރި ގޮއިދޫ ސްކޫލުގެ ދަރިވަރުން މިނިސްޓަރު އަދި ސްކޫލުގެ ޕްރިންސިޕަލާއެކު

ކުޅިވަރުގެ ރޮނގުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ “ކަލާސް އެވޯޑު” ގޮއިދޫ ސްކޫލުގެ އަށް ދަރިވަރަކު މިއަހަރު ވެސް ހޯދައިފި އެވެ.

ރޭ ހުރަވީ ސްކޫލުގައި ބޭއްވި މި އަހަރުގެ ކަލާސް އެވޯޑް ހަފުލާގައި ގޮއިދޫ ސްކޫލުން މި އެވޯޑް ހާސިލުކުރީ މަރިޔަމް ނަޒާހަތު، ނާއިޝް ޔޫސުފް، މާދިހް ވަޖީހް، އައިޝަތު ލައިޝާ މަޖީދު، ފާތިމަތު ލުބާ އަޙްމަދު ޒިޔާދު، ދީނާ މަޖީދު، ރަފްހާ ސަމީރު އަދި ޒަހާ ނިޔާޒް އެވެ.

މި ދަރިވަރުން ކަލާސް އެވޯޑް ހާސިލުކުރީ މައިލޯ އިންޓަ ސްކޫލު ވޮލީ މުބާރާތުގައި ހޯދި ކާމިޔާބީތަކުންނެވެ.

ކަލާސް އެވޯޑު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުޅިވަރުން ގިނަ ކަންތައްތަކެއް ދަސްވެގެންދާ ކަމަށެވެ. އޭގެ ތެރޭގައި އެހެން މީހުންނާ މުއާމަލާތްކުރަންވީ ގޮތާއި މައްސަލަތައް ހައްލުކުރުމާއި ނާކާމިޔާބީގައި ކެތްތެރިވުން ދަސްވާނެ ކަމަށް ވިދާޅުވި އެވެ.

އެއާއެކު، ތަފާތު އެކި މިޒާޖުގެ މީހުންނާއެކީ އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރަން ދަސްވުމާއި ނުބައި އާދަތަކުގެ ތެރޭގައި ހިމެނޭ ޑްރަގްގެ ވަބާއިން ސަލާމަތްވާނެ ކަމަށް ވިދާޅުވި އެވެ.

މިއަހަރުގެ ކަލާސް އެވޯޑުގައި 14 ކުޅިވަރަކުން 224 އެވޯޑް ވަނީ ދީފައެވެ. 2014 ވަނަ އަހަރުން ފެށިގެން އެޑިޔުކޭޝަން މިނިސްޓްރީއިން ދެމުން އަންނަ މި އެވޯޑްގައި ކޮންމެ އަހަރުވެސް ގޮއިދޫ ސްކޫލްގެ ކުދިން ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.