މެންދުރު އައި ވިލާގަނޑުގެ ވައި އަޅުގަނޑުމެންނަށް ސިފަ ކުރެވުނީ ތޫފާނެއް ކަހަލަ ގޮތަކަށް: ގޮއިދޫ ކައުންސިލަރ

މިއަދު ރާއްޖެ އަށް ގަދަ ވަޔާއެކު ކުރަމުންދާ ވިއްސާރައިގައި ބ. އޭދަފުށީ ދެކުނު ފަރާތު ފަޅު ވަޔާއެކު ގަދަވެފައި.–ނިޔަމި ފޮޓޯ

މިހާރު މުޅި ރާއްޖެ އަށް ކުރަމުން މިދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައިގާ ބ. އަތޮޅު މާޅޮހުގެ ހުޅަނގު ފަރާތުން ބޮޑު ބަޔަކަށް އުދަ އަރާ، އެހިލާފައި ހުރި ގިނަ ދޯނިތަކެއް އެއްގަމަށް ޖައްސަން ޖެހިއްޖެ ކަމަށް މާޅޮހު ކައުންސިލަރ ޢަބްދުލްމަތީން މި ރޭ ވިދާޅުވެއްޖެ އެވެ.

ދޯނިތައް ސަލާމަތް ކުރެވުނީ ރައްޔިތުން ނުކުމެ މި ވަގުތު އެހެލާފައި ހުރި ދޯނިތައް އެއްގަމަށް އެރުވުމުންނެވެ.

މީގެ އިތުރުން ބަނދަރު ސަރަހައްދުގައި ޖަހާފައި ހުރި ބަނދަރު ބައްތިތަކުގެ ތެރެއިން ބައްތިއެއް ވެއްޓިފައިވާ ކަމަށް ވެސް މަތީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށުގެ އެކި ސަރަޙައްދަށް މީހުން ފޮނުވައިގެން އިތުރު ގެއްލުމެއް ލިބިފައި ވޭތޯ ބަލަމުން ގެންދާ ކަމަށެވެ.

އަދި މީގެ އިތުރުން މި އަތޮޅު ގޮއިދޫ އަށް ވެސް މިއަދު މެންދުރު އާދަޔާ ޚިލާފަށް ވައި ގަދަ ވުމުގެ ސަބަބުން ގިނަ ގެއްލުންތަކެއް ވެ، ސްކޫލުގެ މެންދުރުފަހުގެ ކިޔެވުން ބަންދު ކުރި ކަމަށް ގޮއިދޫ ކައުންސިލަރ ވިދާޅުވި އެވެ.

“މެންދުރު އައި ވިލާގަނޑުގެ ވައި އަޅުގަނޑުމެންނަށް ސިފަ ކުރެވުނީ ތޫފާނެއް ކަހަލަ ގޮތަކަށް. ވައި އައިލެއް ބާރުކަމުން މަގު މައްޗަށް ނުކުންނަން ވެސް ނުކެރޭ. ބަނދަރުގައި އަޅާފަ ހުރި ދޯނިތައް ނަގިލި ކަހާލައިގެން ބައެއް ދޯނިތައް ތޮށިގަނޑަށް ލެއްގި. އަދި ގިނަ ޢަދަދަކަށް ރުއްގަސް ވެއްޓިފައިވާނެ ކަމަށް ލަފާ ކުރެވޭ. ފުރިހަމަ ތަފްސީލު އިނގޭނީ މާދަމާ. ދެން މި ރަށު ސްކޫލުގެ މެންދުރު ފަހުގެ ސެޝަންތަކުގެ ކިޔެވުން ވެސް ބަންދު ކުރިން ވިއްސާރައިގެ ސަބަބުން،” ޢާމިރު ވިދާޅުވި އެވެ.

މިހާރު މުޅި ރާއްޖެ އަށް ކުރަމުން މިދާ ހުޅަނގު މޫސުމުގެ ވިއްސާރައިގާ މި އަތޮޅުގެ ގިނަ ރަށްރަށަށް ގެއްލުން ލިބެމުންދާ ކަމަށް ޚަބަރުތައް ލިބެ އެވެ.

— މުޙައްމަދު އަފްރާޙް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.