ހިލޭ ކޯލް އަދި އެސްއެމްއެސް ކުރެވޭ ޕްރޮމޯޝަނެއް

1185525_602176283167739_1484241380_n

މުޅިން ހިލޭ ކޯލް އަދި އެސްއެމްއެސް ކުރެވޭ ޕްރޮމޯޝަނެއް ‘ޕްރީޕެއިޑް ރެޑް’ ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ދިރާގުން މިއަދު ފަށައިފިއެވެ.

“ރެޑް ޓު ރެޑް” މިނަމުގައި މިއަދު ފެށި މިޕްރޮމޯޝަން މިއަދުން ފެށިގެން އަންނަ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެކަމަށް ދިރާގުން ބުނެއެވެ.

މިޕްރޮމޯޝަންގައި ޕްރީޕެއިޑް ރެޑް ކަސްޓަމަރުންނަށް ޑެއިލީ ރެޑް ބެނެފިޓް ބޭނުންކޮށްގެން ކޮންމެ ދުވަހަކު ނުވަތަ ބޭނުންވާ ކޮންމެ ދުވަހަކުވެސް ޕްރީޕެއިޑް ރެޑް ބޭނުންކުރައްވާ އެހެން ކަސްޓަމަރުންނަށް ހިލޭ ކޯލް އަދި އެސްއެމްއެސް ކުރެވޭނެކަމަށް ދިރާގުން ބުނެއެވެ.

މިގޮތުން ރެޑް ބެނެފިޓް އެކްޓިވްއޭޓް ކުރުމަށް ރެޑް ޖެއްސެވުމަށްފަހު 343 އަށް އެސްއެމްއެސް ކުރެއްވުމުން ރެޑް ބެނެފިޓް އެކްޓިވްއޭޓް ކުރެއްވޭނެކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ދިރާގުން މިއަދު ފެށި ރެޑް ޓު ރެޑް ޕްރޮމޯޝަނަކީ ދިރާގު ޕްރީޕެއިޑް ރެޑް ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނަކަށްވާއިރު މިޕްރޮމޯޝަންގައި ދިރާގު އެހެން ކަސްޓަމަރުން ޕްރީޕެއިޑް ރެޑް ބޭނުންކުރޭތޯ ބަލާނެކަމަށްވެސް ދިރާގުން މައުލޫމާތުދެއެވެ.

މިގޮތުން އެހެން ކަސްޓަމަރުން ރެޑް ޓު ރެޑް ޕްރޮމޯޝަން ބެލުމަށް PKG ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށް CHECK މިހެން ޖެހުމަށްފަހު ބަލަން ބޭނުންވާ ނަމްބަރު ޖަހާ 444 ކަށް އެސްއެމްއެސް ކުރުމުން އެނަންބަރަކީ ދިރާގު ޕްރީޕެއިޑް ރެޑް ކަސްޓަމަރެއްތޯ ބަލާނެކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.