އިގިރޭސި ޕްރިމިއަރ ލީގުގެ 2008-2009 ސީޒަން ރޭ ނިމިއްޖެ

ނިއު ކާސަލް ކޯޗް އެލަން ޝިއަރާ

އިގިރޭސި ޕްރިމިއަރ ލީގުގެ 2008-2009 ވަނަ އަހަރު ސީޒަން ގެ ރޭ ނިމިއްޖެ އެވެ.

20 ޓީމު ވާދަ ކުރި ލީގުގައި ރޭ 10 މެޗް ކުޅެފައިވެ އެވެ. ރޭގެ މެޗުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވުނީ ނިއު ކާސަލް އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗެވެ. އިގިރޭސި ޕްރިމިއަރ ލީގުގައި ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ނިއު ކާސަލް ޔުނައިޓެޑް 1-0 ލަނޑުން ބަލިވެ ވަނީ ޕްރިމިއަރ ލީގާއަލްވަދާއު ކިޔާފަ އެވެ.

މީގެ އިތުރުން ރޭ މިޑްލްސްބްރޯ އާއި ވެސްޓްބްރޮމްވިޗް ވެސް ވަނީ އިގިރޭސި ޕްރިމިއަރ ލީގާ އަލްވަދާއު ކިޔާފަ އެވެ. މިޑްލްސްބްރޯ ވަނީ ރޭ ވެސްޓަމް ޔުނައިޓެޑާ ބައްދަލުކޮށް 2-1 ލަނޑުން ބަލިވެފަ އެވެ. އަދި ވެސްޓްބްރޮމްވިޗް ވަނީ ބްލެކްބާން އާ ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.

މި ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު އާސެނަލް ވަނީ ސްޓޯކްސިޓީގެ މައްޗަށް 4-1 ލަނޑުގެ ކުރިއެރުމެއް ހޯދާފަ އެވެ. ފުލަމް އާއި އެވަޓަން ބައްދަލުކުރި މެޗް 2-0 ލަނޑުން ކާމިޔާބު ކުރީ އެވަޓަން އެވެ. މުހިއްމު ގިނަ ކުޅުންތެރިން ނުލާ ކުޅުނު މެސްޗެސްޓަރ ޔުނައިޓެޑު ވަނީ ހަލްސިޓީ 1-0 ލަނޑުން ބަލިކޮށްފަ އެވެ. ލިވަޕޫލް ވަނީ 3-1 ލަނޑުން ޓޮޓެންހަމް ބަލިކޮށްފަ އެވެ. މެންޗެސްޓަރ ސިޓީ އާއި ބޯލްޓަން ބައްދަލު ކުރި މެޗް 1-0 ލަނޑުން ކާމިޔާބު ކުރީ ސިޓީ އެވެ. ސަންޑަލޭންޑާއި ޗެލްސީ ބައްދަލު ކުރި މެޗް 3-2 ލަނޑުން ކާމިޔަބު ކުރީ ޗެލްސީ އެވެ. އަދި ވިގަން އާއި ޕޯރޓްސްމައުތު ބައްދަލު ކުރި މެޗް 1-0 ލަނޑުން ކާމިޔާބު ކުރީ ވިގަން އެވެ.

— އިބްރާހީމް ޝަހީދު

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.