ދިރާގުގެ ޓަޗްނެޓް ޕެކޭޖުތަކަށް ހާއްސަ ޕްރޮމޯޝަނެއް

l_34351426

 

ދިރާގުގެ ޓަޗްނެޓް ޕެކޭޖުތަކަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށައިފި އެވެ.

“ޓަޗްނެޓް އިންޓަނެޓް ޕްރޮމޯޝަން” ގެ ނަމުގައި ކުރިޔަށް ގެންދާ މި ޕްރޮމޯޝަނަކީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށާއި ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން ޓަޗްނެޓް ބޭނުން ކުރާ ކަސްޓަމަރުންނަށް ކުރިޔަށް ގެންދާ ޕްރޮމޯޝަނެކެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ދިރާގުގެ ސީނިއާ މާކެޓިންގ ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް އިމްޖާދު ޖަލީލް މިއަދު ވިދާޅުވީ ޓަޗްނެޓް ޕެކޭޖުތަކަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 38 ޕަސެންޠް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 ޕަސެންޓާ ހަމައަށް ހިލޭ އެލަވަންސް ލިބޭނެ ކަމަށެވެ. ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި އަލަށް ނަގާ ކޮންމެ ޓަޗްނެޓް ކަނެކްޝަނަކަށް ތިން މަސްވަންދެން ކޮންމެ މަހަކު އިތުރަށް ހިލޭ ޑޭޓާ އެލެވަންސް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ދިރާގުން މިއަދު ފެށި ޓަޗްނެޓް ޕްރޮމޯޝަންގެ ދަށުން ޕޯސްޓް ޕެއިޑް ޕެކޭޖުގެ 250ރ. ގެ ޕެކޭޖަށް 512 އެމްބީ ހިލޭ ލިބެއެވެ. 449ރ. ގެ ޕެކޭޖަށް 1.1 ޖީބީ ހިލޭ ލިބި އެވެ. އަދި 690ރ. ގެ ޕެކޭޖަށް 1.6 ޖީބީ ހިލޭ ލިބޭ ގޮތަށް ހަމަޖައްސާފައިވައިރު، 790ރ. ގެ ޕެކޭޖަށް އަންލިމިޓެޑްކޮށް އެލެވެންސް ލިބޭނެ އެވެ.

ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން 200ރ. ގެ ޕެކޭޖަށާއި 300 އަދި 500ރ. ގެ ޕެކޭޖަށް 500 އެމްބީގެ އެލެވެންސް ހިލޭ ލިބެ އެވެ.

“ދިރާގުން ފެށި އެލެވެންސްތައް ދޭގޮތަށް ހަމަޖައްސާފައިވަނީ ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި ޓަޗްނެޓް ކަނެކްޝަން ނަގާ ފަރާތްތަކަށް،” އިމްޖާދު ވިދާޅުވި އެވެ.

މި ޕްރޮމޯޝަން ކުރިޔަށްދަނީ ޑިސެމްބަރު 23 ގެނިޔަލަށް ކަމަށް ދިރާގުން ބުންޏެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.