ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އަންލިމިޓެޑް ކޯލް

AZ2I2516 (1)

ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކޮންމެ ދުވަހަކު އަންލިމިޓެޑް ފޯން ކޯލް ކުރެވޭ ޕެކޭޖެއް ދިރާގުން ތައާރަފްކޮށްފި އެވެ.

ދިރާގުގެ ސީނިއާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް އިމްޖާދު ޖަލީލް ވިދާޅުވީ “ޑެއިލީ އަންލިމިޓެޑް ވޮއިސް އެޑް-އޮން” ގެ ނަމުގައި ތައާރަފްކޮށްފައިވާ މި ހިދުމަތް މެދުވެރިކޮށް ދިރާގުގެ ކޮންމެ ނަމްބަރަކަށް ވެސް މުޅި ދުވަހު ހިލޭ ގުޅާލެވޭނެ ކަމަށެވެ. އިމްޖާދު ވިދާޅުވީ ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އެސްއެމްއެސް އެއް މެދުވެރިކޮށް 15 ރުފިޔާ ހޭދަކޮށްގެން މި ހިދުމަތް ހޯދޭނެ ކަމަށެވެ.

ދިރާގު ކަސްޓަމަރުންގެ މެޖޯރިޓީ ހިއްސާކުރާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފް ކުރި މި ހިދުމަތާ ބެހޭގޮތުން ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕީއާރް ކޯޑިނޭޓަރު ހަސަން ޝާރިހް ވިދާޅުވީ ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން ޕްރީޕެއިޑް ސްޓޭންޑާޑް ޕްލޭން، ހައި ފައިވް ޕްލޭން، އަދި ޕްރީޕެއިޑް ޕްލަސް ޕްލޭން ބޭނުން ކުރާ ކޮންމެ ކަސްޓާމަރަކަށް ވެސް ހޯދޭނެ މި ހިދުމަތަކީ ކަސްޓަމަރުންގެ ތަރުހީބު ލިބިގެންދާނެ ހިދުމަތަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ދިރާގުން އަލަށް ތައާރަފް ކުރި މިހިދުމަތް ހޯދުމަށް “ADD VOICE 15” ޖެހުމަށްފަހު 343 އަށް އެސްއެމްއެސް އެއް ކުރުމުން މިހިދުމަތް ވަގުތުން ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. މީގެއިތުރުން ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފްކޮށްފައިވާ ޕްރީޕެއިޑް ރެޑްގެ ހާއްސަ ޕްރޮމޯޝަނެއް ވެސް ދިރާގުން މިހާރު ކުރިއަށް އެބަ ގެންދެއެވެ. މި ޕްރޮމޯޝަންގެ ދަށުން ޕްރީޕެއިޑް ރެޑް ބޭނުން ކުރާ ކަސްޓަމަރުންނަށް ރެޑް ޓް ރެޑް އަންލިމިޓެޑް ކޯލް ކުރުމުގެ ފުރިސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޝަބީނާ

    ވަރަށް ސަޅި! މިހާރުދެން ބޭންުން ވަރަކަށް ގުޅާލެވޭނެ ގޮތެއް ދިރާގު ނަންބަރު ތަކުން ހަމަޖެހުނީމަ ނުޖެހޭނެތާ ވަތަނިއްޔާއަށް ބަދަލު ވާކަށް. ދިރާގު ސަޅީ އަދިވެސް އެންމެން ގެނގުޅެމުން ގެންދަނީ ދިރާގު ނަންބަރުތައް. ވަތަނިއްޔާ ނަންބަރެއް ނަގައިގެން ގުޅާނެ މީހަކު ނެތީމަ މައްސަލައަކީ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.