އީދު ބަންދުގައި އެޓޯލް ކިއުޓް ފެރީން ހާއްސަ ދަތުރުތަކެއް ބާއްވަނީ

އެޓޯލް ކިއުޓްފެރީ
އެޓޯލް ކިއުޓްފެރީ

 

ބޮޑު އީދު ބަންދާ ދިމާކޮށް އޭދަފުއްޓާ ގޮއިދުއަށް އެޓޯލް ކިއުޓް ފެރީން ހާއްސަ ދަތުރުތަކެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެޓޯލް ކިއުޓް ފެރީ ސާވިސް އިން ބުނީ އީދު ބަންދާ ދިމާކޮށް ބާއްވާ މި ދަތުރުތަކުގައި މާލޭން ފުރުމަށް ހަމަޖައްސާފައިވަނީ މި މަހުގެ 10، 12، 13 އަދި 14 ވަނަ ދުވަހު އެވެ. އަދި އެނބުރި މާލެ ދިއުމަށް ހަމަޖައްސާފައިވަނީ އީދު ޗުއްޓީގެ ބަނދު ދުވަސްތައް ނިމޭ ހިސާބުގަ އެވެ.

މި ދަތުރުތަކުގައި މާލެ/ އޭދަފުއްޓަށް ޓިކެޓް ވިއްކަނީ ކޮޅަކަށް 550ރ. އަށެވެ. އަދި ގޮއިދޫއަށް 500ރ. އަށެވެ.

އެޓޯލް ކިއުޓުން ފެރީން ބުނީ އީދު ބަންދަށް ކުރާ ދަތުރުތަކުގެ ޓިކެޓް މިހާރު ވިއްކަމުންދާ ކަމަށެވެ. މާލެއިން ނަމަ ޓިކެޓް ހޯދުމަށް ގުޅާނެ ނަންބަރަކީ 7978200 އެވެ.

ބ. އަތޮޅަކީ އެންމެ ގިނަ މީހުން މި ކަހަލަ ޗުއްޓީތަކުގައި ދަތުރުކުރާ އެއް ސަރަހައްދެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. ސައިނޯސާ ރާއި

    ހާދަ އަގު ބޮޑޭ އަހަރަކަށް ވުރެއް އަހަރެއް ތި ދަނީ އަގު ބޮޑު ކުރަމުން!
    ސޭލަމް ގެ އަގު މިޔަށްވުރެއް ހެޔޮ ވާނެ ކަމަ ހީކުރަން!!
    ސައިނޯސާ ރާއި

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.